ނަރަކައިގަ އޮންނަން ޖެހޭނީ ކިހާ ދުވަހަކު؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 38ސ
ނަރަކައިގަ އޮންނަން ޖެހޭނީ ކިހާ ދުވަހަކު؟

ދުނިޔޭގައި އުޅުނުއިރު ޝަރީކު ނުކޮށް ﷲ ތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކޮށްގެން ހުރި މީހަކު ނަމަ ނަރަކައިން ސަލާމަތް ކުރައްވަވައި ސުވަރުގެވައްދަވާނެކަމަށް އޮތުމުން ބައެއް މީހުންނަށް އެކަން ވިސްނެނީ އެއީ ވަރަށް ލުއިކަމެއްގެ ގޮތުގައެވެ. ނަރަކައަށް ވަންނަން ޖެހުނަސް ދާދި އަވަހަށް ނަރަކައިން ސަލާމަތްވެވިދާނެ ކަމަށެވެ.  

ވިސްނައިލަން އޮތް ފުރަތަމަ ކަމަކީ ފަޅިސިކުންތަކަށް ނަމަވެސް ނަރަކައިގައި ކެތްކޮށް ނުލެވޭނެ ކަމެވެ. ދެވަނަ ކަމަކީ ނަރަކައިގައި އޮންނަން ޖެހޭނެ މުއްދަތު ދެނެވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާކަމެވެ.  

""އެއުރެން އެ ނަރަކައިގައި ދެމިތިބެނިވި ގޮތުގައެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރެއްވި މުއްދަތެއް ފިޔަވައި، އުޑުތަކާއި، ބިން ދެމިހުރިހާ ހިނދެއްގައެވެ..."  

އަދިވެސް ﷲ ތަޢާލާ ވަޙީކުރައްވަވާފައިވެއެވެ. 

"އެދުވަސް އައުމުން، އެކަލާނގެ އިޛްނަފުޅާއެކުގައި މެނުވީ، އެއްވެސް ނަފްސަކަށް ބަހެއްވެސް ނުބުނެވޭނެތެވެ. ފަހެ، އަބާއްޖަވެރިންނާއި، ބާއްޖަވެރިން އެއުރެންގެ ތެރެއިންވެއެވެ."

"ފަހެ، އަބާއްޖަވެރިވި މީހުން ދަންނާށެވެ! ފަހެ، އެއުރެން ވާހުށީ، ނަރަކައިގައެވެ. އެއުރެން ބޭރަށްލާ ނޭވާގެ ގަދަ އަޑާއި، އެތެރެއަށްލާ ނޭވާގެ އަޑު އެތާނގައި ހުންނާނެތެވެ."

"އެއުރެން އެ ނަރަކައިގައި ދެމިތިބެނިވި ގޮތުގައެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރެއްވި މުއްދަތެއް ފިޔަވައި، އުޑުތަކާއި، ބިން ދެމިހުރިހާ ހިނދެއްގައެވެ. ހަމަކަށަވަރުން، ކަލޭގެފާނުންގެ ވެރިރަސްކަލާނގެއީ، އެކަލާނގެ އިރާދަކުރައްވާ ކަމެއް ކުރައްވާ ރަސްކަލާނގެއެވެ."

"އަދި ބާއްޖަވެރިވި މީހުން ދަންނާށެވެ! އެއުރެންވާހުށީ ސުވަރުގޭގައެވެ. އެތާނގައި، އެއުރެން ދެމިތިބެނިވި ގޮތުގައެވެ. ކަލޭގެފާނުގެ ވެރިރަސްކަލާނގެ އިރާދަކުރެއްވި މުއްދަތެއް ފިޔަވައި އުޑުތަކާއި ބިން ދެމިއޮތްހާ ހިނދެއްގައެވެ. ކެނޑިގެންނުދާ ދެއްވުމެއްގެ ގޮތުގައެވެ."

(ހޫދު: 105،106،107،108)  

ވީމާ އަހުރެމެން މަސައްކަތްކުރަންވީ އަބާއްޖަވެރިއަކު ކަމުގައި ނުވެ ބާއްޖަވެރިއަކު ކަމުގައިވުމަށެވެ. އާޚިރަތް ޙާޞިލްކުރެވި، ނަރަކައިން މިންޖުވެވި ސުވަރުގެ ލިބުން އޮތީ އެއިރުންނެވެ.  

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން