ކޮންމެ މުސްލިމަކު އުނގެނި، ޢަމަލުކުރުން ވާޖިބު 3 ކަންތައް!
ޖަވާބު:
ފުރަތަމަ ކަންތައް:
އަހަރެމެން ހެއްދެވީ ﷲ ސުބްޙާނަހޫ ވަތަޢާލާކަމާއި އަހަރެމެންނަށް ރިޒްޤުދެއްވަނީ އެއިލާހުކަމާއި އަހަރެމެން ހެއްދެވުމަށްފަހު ހިތުހުރިހައި ގޮތަކަށް އުޅެން އެއިލާހު އަހަރެމެން ދޫނުކުރައްވާކަމާއި، އަދި ކިއެއްތަ އަހަރެމެންގެ ގާތަށް ރަސޫލަކު ފޮނުއްވިކަން ދެނެގަތުމެވެ. ފަހެ، އެރަސޫލާއަށް ކިޔަމަންތެރިކަން އަދާކޮށްފިމީހާ ސުވަރުގެ ވަންނާނެއެވެ. އަދި އެ ރަސޫލާއަށް އުރެދިއްޖެމީހާ ނަރަކައަށް ވަންނާނެއެވެ.
ދެވަނަކަންތައް:
ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ކުރެވޭ އެއްވެސް އަޅުކަމެއްގައި އެއްވެސް އެހެން ފަރާތެއް ބައިވެރިކުރުމަކަށް އެއިލާހު ރުހިވޮޑިގެންނުވެއެވެ. އެބައިވެރިކުރެވޭ ފަރާތަކީ ކުއްތަންކުރެވިފައިވާ މަލާއިކަތެއްކަމުގައިވިޔަސް އަދި ފޮނުއްވިގެންވާ ނަބީއެއް ކަމުގައިވިޔަސް މެއެވެ.
ތިންވަނަކަންތައް:
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމައަށް ކިޔަމަންތެރިވެ، ﷲސުބްޙާނަހޫ ވަތަޢާލާގެ އެއްކައުވަންތަކަން ޤަބޫލުކުރާ އެއްވެސް މީހަކަށް، ﷲ ސުބްޙާނަހޫ ވަތަޢާލާއާ އެއިލާހުގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމައާ އިދިކޮޅުވާ އެއްވެސް މީހަކާ ގާތްކަން ބެހެއްޓުން ހުއްދަވެގެން ނުވެއެވެ. އެމީހަކީ ކިތަންމެ ގާތްތިމާގެމީހެއް ނަމަވެސްމެއެވެ.
--ޝައިޚް މުޙައްމަދު ޝާފި