ﷲ ގެ ޙުކުމްފުޅުތަކަށް ޢަމަލުނުކުރުމާ ޙުކުމްފުޅުތަކަށް ބަދަލުގެނައުމަކީ ޖާހިލުކަން އެންމެބޮޑު ޖާހިލުން ނޫނީ ކުރާނެ ކަމެއް ނޫން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 2ސ
ﷲ ގެ ޙުކުމްފުޅުތަކަށް ޢަމަލުނުކުރުމާ ޙުކުމްފުޅުތަކަށް ބަދަލުގެނައުމަކީ ޖާހިލުކަން އެންމެބޮޑު ޖާހިލުން ނޫނީ ކުރާނެ ކަމެއް ނޫން!

ވާން އުޅޭ ގޮތެއް ނުއެނގެއެވެ. އަނެއްކާވެސް އިވޭ އަޑުތައް ގަދަވާން ފަށައިފިއެވެ. ދިވެހި ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގައި ބަޔާންވެގެންވާ ﷲ ތަޢާލާގެ ޙުކުމްފުޅުތަކުގެ ތެރެއިން މަދު މިންވަރު އަދިވެސް އިތުރަށް އުނިކުރަން އުޅޭ ކަމުގެ ވާހަކަތަކެވެ.

އެވާހަކަތަކަށް ބާރުލިބެނީ ސަރުކާރުގެ ޢަމަލުތަކުންނެވެ. މިހާރު މަނާކަންކަން ކަމަށް ޤާނޫނުގައި ކަނޑައަޅައި އަދި އަދަބުވެސް ކަނޑައަޅާފައިވާ ކަންކަން އެއީ ހުއްދަ ކަންކަމުގައި ސަރުކާރުން ޢާންމުކޮށް އިޢުލާނުކުރަމުން ގެންދާތީއެވެ.

ޔަޤީންކުރަންޖެހޭ ކަމަކީ ﷲ ތަޢާލާ ޙުކުމްފުޅުތައް ބާވައިލެއްވެވީ އެއިރު ދުނިޔޭގައި އުޅުނު މީސްތަކުން ރުހޭނެ ގޮތަށް ނޫންކަމާއި ﷲ ތަޢާލާ ބޭނުންފުޅުވެވޮޑިގަންނަވާ ގޮތަށް ކަމެވެ. އެއިރު މީސްތަކުން ކުރަމުން ގެންދިއަ ނުބައި ޢަމަލުތައް ކުރުން ކީރިތި ޤުރްއާނުގައި މަނާކުރެއްވެވުން މިކަމުގެ ދަލީލަކަށް ނުފުދޭތޯއެވެ؟

މިފަދަ މައްސަލަތައް އަބަދުވެސް އަންނަނީ ކުރިމަތިވަމުންނެވެ. މީގެ ދެ އަހަރެއްހައި ދުވަސްކުރިންވެސް މިފަދަ މައްސަލަތަކެއް ފެންމަތިވިއެވެ. އެހެންކަމުން މި ބަޔާންކުރަނީ އެއިރު ރާއްޖޭގެ މަޝްހޫރު ބައެއް ޢިލްމުވެރިން ވިދާޅުވެފައިވާ ބަސްފުޅުތަކެވެ.

1 ކިތަންމެ ގިނަ ބައަކު އެދުނަސް ﷲ ގެ ޤާނޫނު ބަދަލުނުކުރެވޭނެކަން ނުއެނގުމަކީ ޖާހިލުކަމުގެ ޢަލާމާތެއް! ގަދަބަސް ނުބުނެ ކިބުރުވެރިކަމާއި ބޮޑާކަން ދޫކޮށް އަވަހަށް ތައުބާވުން ބުއްދިވެރި! އަދި އިލާހީ މި ބަސްފުޅު ގިނަގނައިން ވިދާޅުވެލައްވާ!

--ޝައިޚް އިލްޔާސް ހުސައިން

2 "ޤިޞާޞް ހިފުމަކީ ކީރިތި ޤުރްއާނާއި، ޞައްޙަ ސުންނަތުން ސާބިތުކަމެއް! އެ އަދަބު އުވާލެވޭނީ ދިވެހި ރައްޔިތުން އެގޮތަށް ބޭނުންވާ ނަމަ ކަމަށް އެޓާނީ ޖެނެރަލް އަށް ވިދާޅުވެވޭނީ ކޮން ހައިސިއްޔަތަކުންތޯއެވެ؟! އެފަދަ ކަންކަމާމެދު ﷲ އަށް ބިރުވެތިވުމަށް ގޮވާލަން!"

--ޝައިޚް މުޙައްމަދު ލަޠީފް

3 Qisaas ge Hukum aky keerithi Quran ge nassun saabithu mulhi ummai ijumaau vefavaa massalaeh! Eiy khiyaal hoadhan jeheyne kameh noon! Eyge hurihaa sharutheh furihama vejje nama e hukum dhemehettumaky veringe mahchah vaa vaajibeh! Islam deenuge Hukum thakaky enme furihama hukumtah!

ޝައިޚް ޢަލީ ޒައިދު

4 ޤާނޫނުއަސާސީގައި ދިވެހި ދައުލަތަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއް ކަމަށް ލިޔެވިފައ އޮންނަ އޮތުންވެސް ރައްޔިތުން ބޭނުންވުމުގެ ނަމުގައި ފުހެލަން ތައްޔާރުވަނީ ހެއްޔެވެ؟

<blockquote class="twitter-tweet"><p lang="et" dir="ltr">Kithamme gina bayaku edhunas Allah ge ganoonu badhalu nukureveynekan neyngumakee jahilukamuge alamateh. gadhabas nubune kiburuverikami bodakan dhookoh avahah thaubavun budhdhiveri <br>adhi ilahee mibasfulhu ginaginain vidhalhuvelavva <a href="https://t.co/H7wmrvfZxB">pic.twitter.com/H7wmrvfZxB</a></p>&mdash; Ilyas Hussain (@shkilyas) <a href="https://twitter.com/shkilyas/status/1324048237834067970?ref_src=twsrc%5Etfw">November 4, 2020</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

 

މިއަދު އޮންލައިން