ކުރީގެ ޒަމާންތަކުގެ ވާހަކަތައް ޤުރްޢާނުން އުނގެނުމަކީ ނަރަކައިން މިންޖުވުމަށް އޮތް މަގެއް! އެއީ އޮތް ވަރުގަދަ އިންޒާރެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 23ސ
ކުރީގެ ޒަމާންތަކުގެ ވާހަކަތައް ޤުރްޢާނުން އުނގެނުމަކީ ނަރަކައިން މިންޖުވުމަށް އޮތް މަގެއް! އެއީ އޮތް ވަރުގަދަ އިންޒާރެއް!: މުފްތީ މެންކް

ދަރުތަކަކަށް ޕެޓްރޯލް އަޅާފައި އލިފާން ޖައްސައިފިނަމަ ބޮޑު ހުޅުގަނޑެއް ފެންނާނެއެވެ. އަދި އެދަރުތައް އަނދައި ހުލިވެގެންދާތަން ފެންނާނެއެވެ. ވީއިރު ނިކަން ބުނެބަލާށެވެ! މިއަދު މީހަކު އެފަދަ ހުޅުގަނޑެއް ރޯކުރުމުން އަނދައިދިއަފަދައިން މީގެ 300 އަހަރުފަހުން ނުވަތަ އެއަށްވުރެވެސް ގިނަ ދުވަސްފަހުން އެފަދަ ހުޅުގަނޑެއް ރޯކޮށްފިނަމަ އަނދައިގެން ނުދާނެ ހެއްޔެވެ؟

އިސްވެދިއަ ނަބީބޭކަލުންނަށް މެދުވެރިވެވަޑައިގެންނެވި ކަންކަމާއި ޤައުމުތައް ހަލާކުވެ ދިއަ ގޮތުގެ ވާހަކަ ކީރިތި ޤުރްއާނުގައި ބާވައިލެއްވެވީ މިސަބަބަށްޓަކައެވެ. މީސްތަކުން ޖާހިލުވެ ނުބައި އަމަލުކުރާނަމަ ހަމަ ކުރީގެމީހުން ފަދައިން ނެތިކުރައްވަވާނެކަން އަންގަވައިދެއްވެވުމަށެވެ.

ﷲ ތަޢާލާ ވަނީ ކީރިތި ޤުރްއާނުގައި އެފަދަ ވާހަކަތައް ވަޙީކުރެއްވެވި ސަބަބުވެސް ހާމަކުރައްވަވައިފައެވެ. އެއީ މީސްތަކުން އެކަންކަމަށް ވިސްނުމަށެވެ.

މީސްތަކުންނޭވެ! ﷲ ތަޢާލާގެ އަމުރުފުޅުތަކަށް ފުރިހަމަ ގޮތުގައި ކިޔަމަންތެރިވާށެވެ! ނަހީކުރެއްވެވި އެންމެހައި ކަންކަމަށް ދުރުހެލިވާށެވެ! ﷲ ތަޢާލާގެ ކޯފާ އާއި ކުރިމަތިލާންޖެހޭނީ ވަކިޒަމާނެއްގައެއް ނޫނެވެ. ވަކި ޤައުމެއްގައެއް ނޫނެވެ. އަދި ވަކި ޤަބީލާއެއްގެ ބައަކަށްވެސް ނޫނެވެ. ހަމަކޮންމެ މީހަކުކަމުގައިވީނަމަވެސްމެއެވެ.

ﷲ ތަޢާލާ ބާވައިލައްވަވާ ކޯފާއަކުން މަރުވި ނަމަވެސް އަދި އެހެން ގޮތަކުން މަރުވިނަމަވެސް ޤިޔާމަތް ދުވަހު ހަމަކޮންމެ މީހަކަށްވެސް އެމީހަކު ކުޅަ އަމަލުތަކާ ބައްދަލުކުރަންޖެހޭނެއެވެ. ޙައްޤު ޖަޒާ ދެއްވަވާނެއެވެ. ބިރުވެތިވާންވީ އެދުވަހަށެވެ. ގަދައަޅައި މަސައްކަތްކުރަންވީ ނަރަކައިން ސަލާމަތްވެ ސުވަރުގެ ލިބިގަތުމަށެވެ!

އާޚިރތް ދުވަހާއިމެދު ހިތަށް ބިރުވެރިކަން ވައްދުވައި ފާފަކުރުމަށް ބިރުވެތިވާން އެދޭމީހާ ކީރިތި ޤުރްއާނުގައިވާ މިފަދަ ވާހަކަތައް އުނގެނި ހިތުގައި ބިރުވެތިކަން އުފައްދާށެވެ! ދުޢާޢަކީ އަހަރެމެން އެންމެންނަކީ ވެސް ކީރިތި ޤުރްއާނުގެ މާނަކިޔައި ޢިބްރަތް ޙާޞިލުކޮށް ޢަމަލުކުރާ ބައަކު ކަމުގައިވުމެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން