ފަހުއައްތަޙިއްޔާތު ކިޔަން އިންދާ 1 ރަކްޢަތް މަދުވެއްޖެކަމަށް ޝައްކުވެއްޖެނަމަ ޢަމަލުކުރާނީ ކިހިނެއްތޯ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 33ސ
ފަހުއައްތަޙިއްޔާތު ކިޔަން އިންދާ 1 ރަކްޢަތް މަދުވެއްޖެކަމަށް ޝައްކުވެއްޖެނަމަ ޢަމަލުކުރާނީ ކިހިނެއްތޯ؟

ސުވާލު:. ނަމާދުކުރަމުން ގޮސް އެންމެ ފަހު އައްތަހިއްޔާތުގައި އިންދާ ޝައްކެއް އުފެދުނީ 1 ރަކުއަތް މަދުކަން. މިހާލަތުގައި އަމަލުކުރާނީ ކިހިނެއްތޯ؟ 

ޖަވާބު:. ޔަގީނުންވެސް މަދު ނުވާ ވަރަށް ކޮށްފައި ސަލާމް ދިނުމުގެ ކުރިން ކުށު ސަޖިދަ ޖަހާނީ. 

އިތުރު ސުވާލެއް: 

ސުވާލު:. ނަމާދަށް ބަންގި ނުގޮވަނީސް އެދުވަހެއްގެ ނަމާދު ކޮށްނިންމާފަހުން އެކުރި ނަމާދުގެ ބަންގި ގޮވައިފި ހާލަތެއްގައި ކިހިނެއްތޯ ހަދަންޖެހޭނީ؟ 

ޖަވާބު:. ވަގުތުވަނުމުގެ ކުރިން ނަމާދުކޮށްފިނަމަ ވަގުތުވަނީމާ އަލުން އެނަމާދެއް ކުރަންޖެހޭނެ. 

ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

 

މިއަދު އޮންލައިން