ތިމާއަކީ އެހެން މީހުންނަށްވުރެ ނުވަތަ ވަކިމީހަކަށްވުރެ މޮޅު، ފެންވަރުމަތި މީހެއްކަމަށް ހީކުރެވުމަކީ ސުވަރުގެ ނުވައްދަވައިފާނެ ކަމުގެ ބިރުބޮޑު ކަމެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 22ސ
ތިމާއަކީ އެހެން މީހުންނަށްވުރެ ނުވަތަ ވަކިމީހަކަށްވުރެ މޮޅު، ފެންވަރުމަތި މީހެއްކަމަށް ހީކުރެވުމަކީ ސުވަރުގެ ނުވައްދަވައިފާނެ ކަމުގެ ބިރުބޮޑު ކަމެއް!: މުފްތީ މެންކް

ދުނިޔޭގައި މިއުޅޭ އެންމެންނަކީވެސް ﷲ ތަޢާލާ އުފައްދަވައި ދުނިޔޭގައި ލައްވަވާފައިވާ މީހުންނެވެ. އެކަލާނގެ އަޅުތަކުންނެވެ. ވަކިމީހަކީ މޮޅު މީހެއް ނުވަތަ މާމަތިވެރި މީހެއް ނޫނެވެ. އެމީހެއްގެ ކިބައިގައި ތަޤްވާވެރިކަން ހުރި މިނަވަރަކުން ފިޔަވައެވެ. 

ދުނިޔޭގައި އުޅޭއިރު ތަފާތު ފެންވަރުގެ މީހުންނާއި ބައްދަލުވާނެއެވެ. އެކަން މެދުވެރިކުރައްވަވަނީ އިމްތިޙާންކުރެއްވެވުމަށްޓަކައެވެ. ތަފާތު ފެންވަރުގެ މީހުން، ތަފާތު ޙާލަތުގައި ތިބޭ މީހުންނާއި ބައްދަލުވުމުން ޢަމަލުކުރާގޮތް ބެއްލެވުމަށެވެ. އެމީހުންނާއިމެދު އިންޞާފުން ކަންކަން ކުރާކަން ނުވަތަ ނޫންކަން ބެއްލެވުމަށެވެ. 

ބޮޑާކަމާ ކިބުރުވެރިކަމުގެ ޛައްރެއްގެ މިންވަރުވެސް އެމީހެއްގެ ހިތުގައި އޮތް އޮތް މީހަކަށް ސުވަރުގެ ވަދެވޭނެ ކަމަށް ބުނެވޭކަށް ނެތެވެ. އެހެނީ އެއީ ﷲ ތަޢާލާ އެންމެ ބޮޑަށް ރުހިވޮޑިނުގަންނަވާ އެއް ސިފައެވެ. އަދި ޙަދީޘްފުޅުން އެނގެން އޮތީ އެމީހެއްގެ ހިތުގައި ބޮޑާކަމުގެ ޛައްރެއްގެ މިންވަރުވެސް އޮތް މީހަކު ސުވަރުގެ ނުވައްދަވާނެ ކަމަށެވެ. 

ތަނަވަސްކަން ހުރި މިންވަރަކުން އަގުބޮޑު ފޭރާންލުމާއި އަގުބޮޑު ގެދޮރު އެޅުމާއި އަދި އަގުބޮޑު ކާރު ގެންގުޅުމަކީ ބޮޑާކަމުގެ ތެރެއިންވާ ކަންކަމެއް ނޫނެވެ. ބޮޑާކަން ވަނީ އެހެންމީހުންނަކީ ތިމާއަށްވުރެ ނިކަމެތި، މާދަށު ދަރަޖައިގެ ބައަކު ކަމަށް ޤަބޫލުކުރެވުމުންނެވެ. އަދި ޙަޤީޤަތް އެއީ ޙަޤީޤަތް ކަމުގައި ޤަބޫލުނުކުރެވުމުންނެވެ. 

މީސްތަކުންނޭވެ! އެއްވެސް މީހަކީ ދެރަ ނިކަމެތި މީހަކު ކަމުގައި ހީވެސްނުކުރާށެވެ. އެންމެންނަށްވެސް އިޙްތިރާމްކޮށް ހެޔޮކޮށް ހިތާށެވެ! އެކަމުގެ ސަބަބުން ތިބާގެ ކުދިފާފަތައް ތިބާ ނުވެސް އެދެނީސް ފުއްސަވައި ދެއްވަވާނެތެވެ! އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން