ޝައިޚް ޢަލީ ޒައިދު ބަޔާން ކުރައްވަވާފައިވަނީ ކީރިތި ޤުރްއާނުގެ އަންނަނިވި 2 އާޔަތެވެ.
"އަދި ކަނޑު ހުރަސްކުރައްވައި، ތިމަންރަސްކަލާނގެ އިސްރާއީލްގެދަރިން ގެންދެވީމެވެ. ދެން އެއުރެން ޤއުމެއްގެ މީހުންނާހަމައަށް އައޫއެވެ. އެއުރެންތިބީ، އެއުރެންގެ ބުދުތަކަށް އަޅުކަންކުރުން މަތީގައެވެ. އެއުރެން (އެބަހީ: އިސްރާއީލްގެދަރިން) ދެންނެވޫއެވެ. އޭ މޫސާގެފާނެވެ! އެއުރެންނަށް އިލާހުންތަކެއް ވާފަދައިން، ތިމަންމެންނަށްވެސް އިލާހެއް ލައްވައި ދެއްވާށެވެ! އެކަލޭގެފާނު ވިދާޅުވިއެވެ. ހަމަކަށަވަރުން، ތިއަބައިމީހުންނީ (ޙައްޤު ގޮތް) ނޭނގޭ ބައެކެވެ." (އަލް އަޢްރާފް: 138)
" އެކަލާނގެ މެނުވީ އެހެން އިލާހަކުނުވެއެވެ. ދިރުއްވަނީވެސް، އަދި މަރުގަންނަވަނީވެސް، ހަމަ އެކަލާނގެއެވެ. އެއީ ތިޔަބައިމީހުންގެ ވެރިރަސްކަލާނގެއެވެ. އަދި ތިޔަބައިމީހުންގެ އިސްވެދިޔަ ކާބަފައިންގެވެސް ވެރިރަސްކަލާނގެއެވެ". (އައްދުޚާން: 8)
ރާއްޖޭގައި ސަރުކާރުން ހިންގާ ރަސްމީ ބޮޑެތި މަޝްރޫޢުތައް ފެށުމުގެ ރަސްމިއްޔާތުގައި ހިންދޫ ކަލާނގެތަކަށް ފެންކިޔަވައި ކާށިޖެހުން ފަދަ އެހެން ކަލާނގެތަކަށް ގޮވައި އެހެން ކަލާނގެތަކުގެ ކިބައިން ވާގިއެދުމުގެ ޢަމަލުތައް ގެންދަނީ ކުރަމުންނެވެ. މި 2 އާޔަތުން އެނގިގެން މިދިއައީ ﷲ ތަޢާލާ ފިޔަވައި އެހެން ކަލާނގެތަކަށް ބޭނުންވެ އެހެން ކަލާނގެ ތަކަށް ގޮވައި އެހެން ކަލާނގެ ތަކުގެ ކިބައިން ވާގިއެދެނީ ޙައްޤު މަގު ނުއެނގޭ މީހުން ކަމެވެ.
އެނގިތިބެ ރާއްޖެފަދަ އިސްލާމީ ޤައުމެއްގައި މިފަދަ ކަންކަން ކުރާނަމަ އެނގެނީ މާއްދިއްޔަތަށް އަޅުވެތިވެ އާޚިރަތް ވިއްކާލައިގެން ތިބިކަމެވެ.
ވަޙީ pic.twitter.com/SNQn9T9xtP
— Ali Zaid (@alizaid1000) January 14, 2023