ހުވަފެނުގަ ތިބާއަށް ފެންނަ ކަންކަމާ ލިބިދާނެކަމަށް އުންމީދުކުރާ އުފާވެރިކަންކަމުގެ ވާހަކަ އަމިއްލަ ޢާއިލާއާވެސް ހިއްޞާ ނުކުރާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 25ސ
ހުވަފެނުގަ ތިބާއަށް ފެންނަ ކަންކަމާ ލިބިދާނެކަމަށް އުންމީދުކުރާ އުފާވެރިކަންކަމުގެ ވާހަކަ އަމިއްލަ ޢާއިލާއާވެސް ހިއްޞާ ނުކުރާށެވެ!: މުފްތީ މެންކް

ބައެއް ފަހަރު އަހަރެމެންނަށް ފެންނަ ހުވަފެންތަކަކީ ލިބިދާނެ އުފާވެރިކަމުގެ ޚަބަރުތަކެވެ. އެހެންކަމުން ފެންނަ ހުވަފެންތައް އަމިއްލަ ޢާއިވެސް ހިއްޞާނުކުރާށެވެ! އަދި ލިބިދާނެކަމަށް އުންމީދުކުރާ އުފާވެރިކަން ނުވަތަ ނިޢްމަތްތަކުގެ ވާހަކަވެސް ހިއްޞާނުކުރާށެވެ!

އެއީކޮށްގެން ނުވާނެކަމެއްކަން އެނގިގެންދަނީ ޤުރްއާނުންނެވެ. ޔޫސުފް ސޫރަތުންނެވެ. ޔޫސުފްގެފާނަށް ފެނިވަޑައިގެންނެވި ހުވަފެންފުޅާއި ގުޅިގެން ބައްޕާފުޅު ޔަޢްޤޫބްގެފާނު ވިދާޅުވި ބަސްފުޅުންނެވެ.

ފުރަތަމަ ކަމަކީ ހުވަފެންފުޅުގެ މާނަ އެނގިވަޑައިގަތުމާއިއެކުގައިވެސް ޔޫސުފްގެފާނަށް ވިދާޅުވެނުދެއްވެވިކަމެވެ. ދެވަނަ ކަމަކީ ޔަޢްޤޫބްގެފާނަކީ ނަބީބޭކަލެއްކަމުގައި ވެޑައިގެން ހުންނަވައިވެސް ލިބިވަޑައިގެންފައިވާ ބޭފުޅުންގެ ހިތްޕުޅުގައި އެފެދިދާނެ ހަސަދައަށް ބިރުފުޅުގެންވަޑައިގެންނެވިކަމެވެ. އެހެން ބޭފުޅުންގެ ގާތު އެހުވަފެންފުޅުގެ ވާހަކަ ނުދެއްކެވުމަށް ވިދާޅުވިކަމެވެ.

ޔަޢްޤޫބްގެފާނަކީ ނަބީބޭކަލެކެވެ. މިދައްކަނީ ނަބީބޭކަލަކަށް ލިބިވަޑައިގެންފައިވާ ބޭފުޅުންގެ ވާހަކައެވެ. ވީއިރު އަހަރެމެންނާއި އަހަރެމެންގެ ދަރިންނާއި ޢާއިލާގެ ޙާލަކީ ކޮބައިހެއްޔެވެ؟ ތިބޭނީ ކޮން ދަރަޖައެއްގައިހެއްޔެވެ؟

މީސްތަކުންނޭވެ! ޢާއިލާ އާއިއެކު ކުރަން އުޅޭ ދަތުރުތަކާއި ކަންކަމުގެ ވާހަކަ ޢާއިލާގެ އެންމެންނާއި ހިއްޞާނުކުރާށެވެ! ވިޔަފާރީގައި ލިބޭ ފައިދާއާއި ކުރިއެރުމުގެ ވާހަކަވެސް އެންމެންނާއި ހިއްޞާނުކުރާށެވެ! އެހެނީ މީސްތަކުންގެ އެންމެ ބޮޑު ޢަދުއްވުކަމުގައިވާ ޝައިޠޯނާ އަބަދުވެސް ހުންނާނީ ފިތުނަ އާއި ޙަސަދަ އުފައްދުވާނެ ފުރުޞަތަކަށް ބަލަބަލައިކަމަށްވާތީއެވެ.

ޢަބަދުވެސް ބުނާފަދައިން ހިތުގައިލެވޭ ޙަސދަ އެސްފީނާއަށް ބަދަލުވެއެވެ. ވީމާ އެސްފީނާގެ އަޞްލަކީ ޙަސަދަވެރިކަމެވެ. ޝައިޠޯނާވާކަން ޔަޤީންކުރާ ފަދައިން ޝައިޠޯނާގެ ސަބަބުން ހިތްތައް ކިލަނބުވެ ޙަސަދަވެރިކަން އުފެދި އެސްފީނާއަށް ބަދަލުވެގެންދާންކަން ޤަބޫލުކޮށް ރައްކައުތެރިވާންވާނެއެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން