ހެނދުނާ ރޭގަނޑު ދެމަފިރިން އެކަކު އަނެކަކަށް މިސުވާލުކުރާނަމަ ދެމަފިރިން އަބަދުވެސް ތިބޭނީ އިންތިހާއަށް އުފާވެރިކަމުގަ-!: ޝައިޚް އަބޫބަކުރު ޒައުދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
ހެނދުނާ ރޭގަނޑު ދެމަފިރިން އެކަކު އަނެކަކަށް މިސުވާލުކުރާނަމަ ދެމަފިރިން އަބަދުވެސް ތިބޭނީ އިންތިހާއަށް އުފާވެރިކަމުގަ-!: ޝައިޚް އަބޫބަކުރު ޒައުދު

ހެނދުނު މަސައްކަތުދާން ނަމަވެސް ދެމަފިރިން ވަކިވާ ވަޤުތު، "މިއަދު ބޭނުންވާ ކަމެއް އެބައޮތްތޯ؟" ސުވާލުކުރާށެވެ! އަދި ރޭގަނޑު ނިދުމުގެ ކުރިން "މިއަދު އަހުރެންނަށް ތިބާ ހިތްހަމަނުޖެހޭ ގޮތަކަށް ކަމެއް ކުރެވުނުތޯ؟ ނުވަތަ ކުރެވުނީ ކޮންކަމެއްތޯ؟" ނިކަން ސުވާލކުރަން ފަށައިބަލާށެވެ! 

މިކަންކުރަންވީ އަނބިމީހާ ނުވަތަ ފިރިމީހާއެއް ނޫނެވެ. ދެމަފިރިންވެސް ކުރަންވީއެވެ. އެކަކު ހަނދާން ނެތުނަސް އަނެކަކު ކުރީމާ އޭނާވެސް ހަނދާންވާނެއެވެ. 

ނަމަވެސް މިއަދު ވެގެންމިއުޅޭ ގޮތަކީ މިފަދަ ސުވާލުތަކެއް ނުކުރެއެވެ. ދެމީހުންގެ މެދުގައި ޙައްލުކުރަން ހުންނަ ކަންކމުގެ ވާހަކައެއް ނުދައްކައެވެ. އިތުރަށް ބޭނުންވާ ކަންކަމުގެ ވާހަކައެއްވެސް ނުދައްކައެވެ. އެހެން ތިބެފައި ކަންކަން ނުވުމުން އެކަކު އަނެކަކަށް ރުޅިއަންނަނީއެވެ. ރުޅި އައުމުން ޙައްލުކުރެވޭނީ ކޮންކަމެއް ހެއްޔެވެ؟ 

ހަނދާންކުރާށެވެ! މުހިންމުވާންވީ ހަމައެކަނި ވާހަކަދެއްކުމެއް ނޫނެވެ. ނުވަތަ ޝަކުވާކުރުމެއް ވެސް ނޫނެވެ. ވާހަކަދެއްކުމާއި ޝައްކުވާކުރުން މުހިންމުވާވަރަށްވުރެ އަނެކާ ދައްކާ ވާހަކަތައް އަޑުއެހުން މުހިންމު ކަމަށް ހަދާށެވެ. ޖެހޭ މައްސަލަތައް ޙައްލުކުރެވޭނީ އެއިރުންނެވެ. 

- ޝައިޚް އަބޫބަކުރު ޒައުދުގެ ދަރުސަކުން

 

މިއަދު އޮންލައިން