ދޫނި ވިހެއުމަށްފަހު ރިޒުޤް ހޯދަން ދަނީ ކުދި ދަރިންކޮޅު ހާލީގައި ބައިތިއްބައިފައެވެ. އެއީ ކުޑަކަމުން އުދުހުމުގެ ބާރު އެއިރު އަދި ނުލިބޭތީ އެވެ. އެނބުރި އަންނަނީ ދަރިންކޮޅު ކާނެ އެއްޗެތި ހިފައިގެންނެވެ.
ދެން އަންނަނީ މައިންބަފައިން މުސްކުޅިވެ ނުއުދުހެވޭ ޙާލަތަށް ދިއުމެވެ. އެޙާލަތުގައި ދަރިން އެނބުރި އަންނަނީ މައިންބަފައިންނަށް (މުސްކުޅިވެ ނުއުދުހެވޭ ދޫނިތަކަށް) ކާނެއެއްޗެތި ހިފައިގެންނެވެ.
އިންސާނުންގެ ދިރިއުޅުމުގައި ވެސް ކަންކަން ކުރަން އޮތީ ހަމަ މިގޮތެވެ؟ ސުވާލަކީ އެގޮތަށް އަހަރެމެންނަށް އެބަ ކަންކަން ކުރެވޭ ހެއްޔެވެ؟ ނުކުރެވޭނަމަ ދޫނިތަކުގެ ކިބައިން މިފިލާވަޅު ދަސްކުރަން އެބްޖެހޭ ނޫންހެއްޔެވެ؟
- ގުޅުންހުރި ވީޑިއޯ: