ބިންގަނޑު ތިބާދެކެ އިންތިހާއަށް ރުޅިގަދަވެފައިވަނިކޮށް އެބިމުގައި ތިބާ ވަޅުލަން ޖެހި ވަޅުލައިފިނަމަ ކަންކަން ވާނީ ކިހިނަކުންހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 14ސ
ބިންގަނޑު ތިބާދެކެ އިންތިހާއަށް ރުޅިގަދަވެފައިވަނިކޮށް އެބިމުގައި ތިބާ ވަޅުލަން ޖެހި ވަޅުލައިފިނަމަ ކަންކަން ވާނީ ކިހިނަކުންހެއްޔެވެ؟

ނަމާދު ވަޤުތު ޖެހުމުން ނަމާދުނުކޮށް ބަހަނާތައް ދައްކަމުން ގެންދާ މީހުން މިދައްކާ ވާހަކަ ރަނގަޅަށް އަޑުއަހާށެވެ. ނަމާދުކުރުމުގެ ކަންކަން ﷲ ތަޢާލާ ލައްވަވާފައިވަނީ ނުކުރަން އެއްވެސް ބަހަނާއެއް ދެއްކޭނެ ގޮތަކަށް ނޫނެވެ. ވަނީ މާބޮޑަށް ފަސޭހަކޮށް ދެއްވަވައިފައެވެ.

އަދި ކީއްހެއްޔެވެ؟ ﷲ ތަޢާލާ މީސްތަކުންނަށް ކަންކަން ކުރަން އަންގަވާފައިވަނީ އެކަމެއް ކުރެވޭނެ ގޮތްތައް ވަރަށް ފަސޭހަކަމާއިއެކު އިންތިޒާމުކުރައްވަވައި ދެއްވަވައިފައެވެ. މިގޮތުން ފާހަގަގަކުރެވޭ އެއްކަމަކީ ނަމާދުކުރުމެވެ!

މިޘާލަކަށް ނަމާދުވަގުތު ޖެހުނުއިރު އެމީހަކުހުރީ ކޮންމެ ތަނެއްގައި ނަމަވެސް އެއީ ސާފުތާހިރު ތަނެއްނަމަ އެތަނުގައިހުރެ އަވަހަށް ނަމާދުކޮށްލަންވީއެވެ. ވުޟޫކުރާނެ ފެން ނުލިބިގެން އުޅޭކަށް ނުޖެހެއެވެ. ބިމުގައި އަތްތިލަ ޖައްސާލާފައި ތަޔައްމަމްކޮށްލުމުން ފުދުނީއެވެ.

އެޙާލަތުގައި މުސައްލައެއް މިސްކިތެއް ބޭނުމެއް ނުވާނެއެވެ. ހުރިތަނެއްގައި އަވަހަށް ނަމާދަށް ފަށަންވީއެވެ. ބިމަކީ ނަޖިހުން ސަލާމަތްވުމުގެ ބާރު ލިބިގެންވާ ތަނެއްކަން ސައިންސްވެރިންނަށް އެނގިގެން އުޅެނީ މިއަދުއެވެ. ނަމަވެސް ބިންގަނޑު އުފެއްދެވީންސުރެ ބިންގަނޑަށް އެކަން ވަރަށް ރަނގަޅަށް އެނގެއެވެ.

ބިމުގައި ނަމާދުނުކުރުމުން ބިންގަނޑު ރުޅިގަދަވަނީ އެހެންވެގެންނެވެ. މިސްތަކުން ނަމާދުކުރުމަށްޓަކައި ބިމަކީ ސާފުތާހިރުތަނެއް ކަމުގައި ﷲ ތަޢާލާ ލައްވަވާފައިވާއިރުވެސް ބިމުގައި ނަމާދުނުކޮށް ﷲ ތަޢާލާ އެންމެ ރުހިވޮޑިނުގަންނަވާ ކަންކަން އެ ބިމުގައި ކުރަމުން ގެންދާތީއެވެ.

ބިންގަނޑު އިންތިހާއަށް ރުޅިއަރުވާ މީހަކު އެބިމުގައި ވަޅުލެވުމުން އެބިން އެމީހާއަށް މަރުހަބާކިޔާނެ ކަމަށް ހީކުރަނީ ހެއްޔެވެ؟ ބިންގަނޑު އެމީހާއަށް ބުނާނެ ބަސްތަކުގެ ވާހަކަ އެހެން ފިލާވަޅެއްގައި ކިޔައިދޭނަމެވެ. އިން ޝާ ﷲ

ރަނގަޅަށް ވިސްނާށެވެ!

ބިމަކީ ސާފުޠާހިރު ތަނެއްކަމަށް ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) ކުރައްވަވާފައިވާ ޙަދީޘްފުޅުގެ ތެދުކަން ސައިންސްވެރިންނަށް މިހާރު އެނގިއްޖެއެވެ. ސައިންސް ވެރިންގެ ހޯދުންތަކުން ބެކްޓީރިއާ މަރާނެ އެންޓިބައިޓިކްސް ބިމުގައި އެކުލެވިގެންވާކަން މިހާރު ވަނީ ހޯދިފައެވެ. މިހާރު އެގެންދަނީ އެކަމުގެ ވާހަކަތައްވެސް ދައްކަމުންނެވެ.

މީގެ 1400 އަހަރު ކުރިން ކައު އިތުރު ރަސޫލާ މުޙައްމަދު (ﷺ) ހަދީޘްފުޅު ކުރައްވަވާފައިވަނީ ބިމަކީ ސާފުތާހިރު ތަނެއް ކަމަށެވެ. ފެން ނެތިއްޖެނަމަ ތަޔައްމަމުކުރުމަށެވެ. ސަފުޠާހިރު ވުމަށް ބިން ބޭނުން ކުރެވޭނެ ކަމަށެވެ. އަދި ބިމުގައި ނަމާދުކުރުމަށެވެ. ބިން ލައްވަވާފައިވަނީ ރަސޫލް (ﷺ) އާއި އުންމަތުގެ މީހުން ނަމާދުކުރުމަށް ކަމަށެވެ.

މިފަދަ ކަންކަމުން އެނގި ސާބިތުވަމުން މިދަނީ ޙަދީޘްފުޅުތަކުގެ ޞައްޙަކަމެވެ. ހޯދައި ބެލިވަރަކުން އެނގި ސާބިތުވަމުން މިދަނީ ޙަދީޘްފުޅުތަކަކީ ދިރިހުރި ހެކިތައް ކަމެވެ.

ނަމާދު ވަގުތު ޖެހުމުން މިސްކިތެއް ނެތިގެން ނަމާދު ނުކޮށް ހުރުމެއް ނެތެވެ. އޮތީ އެމީހަކު ހުރި ތަނެއްގައި ވަގުތުޖެހުމުން ނަމާދުކުރުމެވެ. ވަގުތު ޖެހުމުން އެމީހަކު ހުރި ތަނެއްގައި ނަމާދުކުރުމަށް އަންގަވާފައި މިވަނީ ބިމަކީ ސާފުޠާހިރު ތަނެއްކަމުގައި ލައްވަވާފައިވާތީއެވެ.

އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން