ޢާންމު ދިރިއުޅުމުގަ ކޮންމެހެން ދުރުހެލިވާން ޖެހޭ 3 މީހުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ޢާންމު ދިރިއުޅުމުގަ ކޮންމެހެން ދުރުހެލިވާން ޖެހޭ 3 މީހުން-

ދިރިއުޅެންވާނީ އެންމެންނާއިވެސް ގުޅިގެން އެކުވެރިކަމުގައެވެ. އެހެނަސް އެމީހެއްގެ ސަބަބުން ތިބާގެ ދިރިއުޅުމަށް ޚާއްޞަކޮށް އިސްލާމް ދީނުގައި ޘާބިތުވުމަށް ހުރަސްތައް ކުރިމަތިވާ މީސްމީހުންނާއި އޮތީ ދުރުހެލިވުމެވެ. 

އެގޮތުން ކޮންމެހެން ދުރުހެލިވާންޖެހޭ 3 މީހަކު ފާހަގަކޮށްލާނަމެވެ.

1 ﷲ އަށް ބިރުވެތިނުވާ މީހުން

2 ދޮގުހަދާ މީހުން

3 ބޭކާރު ވާހަކަތައް ދައްކާ، ނެތިމޮށޭ މީހުން

މި ސިފަތައް ހުންނަ މީހަކާއި އެކުވެރިވެ ގުޅިގެން އުޅުމަކީ އެމީހެއްގެ ދުނިޔަވީ ޙަޔާތާއި އާޚިރަތްވެސް ގެއްލިގެން ހިނގައިދާނެ ކަމުގެ ބިރު ވަރަށް ބޮޑުކަމެކެވެ. ވީމާ އެފަދަ މީސްމީހުންނާއި ދުރުހެލިވާންޖެހޭނެއެވެ. އެއީ އެކުވެރިންކަމަށް ބަލައި އެކުގައި އުޅެގެން ނުވާނެއެވެ. 

މީހެއްގެ ޙަޤީޤަތް އޮޅުންފިލުވަން ބޭނުންނަމަ އެމީހަކު އެކުގައި އުޅެނީ ކޮންބައަކުތޯ ބަލައި އޮޅުންފިލުވަން އޮންނަ ބަސްފުޅަށް ސަމާލުކަންދޭށެވެ. މިސިފަތައް ހުރި މީހުންނާއިއެކުގައި އުޅެވޭނަމަ އެމީހަކުވެސް ހިމެނިގެންދާނި އެފަދަ މީހަކު ކަމުގައިވުމަކީ ވަރަށް ގިނައިން ތަޖުރިބާ ކުރެވިފައިވާ ކަމެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

 

މިއަދު އޮންލައިން