ﷲ ލަޢްނަތް ލެއްވެވި 5 މީހަކު ވެއެވެ! ތިމާ ހުރީ ސަލާމަތުންކަން ޔަޤީންކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 50ސ
ﷲ ލަޢްނަތް ލެއްވެވި 5 މީހަކު ވެއެވެ! ތިމާ ހުރީ ސަލާމަތުންކަން ޔަޤީންކުރާށެވެ!

އެބައަކަށް މާތްﷲ ލަޢުނަތް ލެއްވެވި ބައަކުވެއެވެ.

1 އެއިގެ ތެރެއިން އެއް ބައަކީ މާތްﷲ ފިޔަވައި އެހެން ފަރާތަކަށް ޤްރްބާންކުރާ މީހުންނެވެ.

2 ދީނުގަ ނެތްކަމެއް އަލަށްގެނައި، ބިދުއައެއް ގެނައި މީހެއްގެ މެހްމާންދާރީކަމުގައި ހުރި މީހަކަށް ލައުނަތް ހުއްޓެވެ.

3 އެމީހެއްގެ މަންމަ އާއި ބައްޕައަށް ލައުނަތްލާ މީހުންނަށް މާތްﷲގެ ލައުނަތް ހުއްޓެވެ.  

4 މާތްﷲ ބިންމަތީގައި ލައްވަވާފައިވާ ހައްދުތައް، މިންތައް ބަދަލުކޮށްފި މީހަކަށް ލަޢުނަތް ހުއްޓެވެ. 

5 ވައްކަން ކުރާމީހާއަށް ލަޢުނަތް ހުއްޓެވެ. 

މާތްﷲ ލައުނަތް ލައްވަވާ މީހުންގެ ތެރޭގައި މީހެއްގެ ކުކުޅުބިހެއް، ވައުގަނޑެއް ފަދަ އެއްޗެއް ވަގަށް ނަގައިގެން އަތްކަނޑައިލެވޭ މީހުން ވެސް ހިމެނެއެވެ. މާނައަކީ ކިތަންމެ ކުޑަ އެއްޗަކުން ނަމަވެސް ވައްކަން ކުރާ މީހާ ހިމެނެއެވެ. 

- އައްޝައިޚް އިއްޒުއްދީން ޢަދްނާންގެ ދަރުސަކުން

 

 

 

 

މިއަދު އޮންލައިން