ރަނގަޅު މީހުންނާ ނުބައި މީހުންގެ ލިބޭނެ، އަދި ލިބިގަންނަންޖެހޭނެ ކަންކަންވެސް ވަރަށް ތަފާތުވާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 39ސ
ރަނގަޅު މީހުންނާ ނުބައި މީހުންގެ ލިބޭނެ، އަދި ލިބިގަންނަންޖެހޭނެ ކަންކަންވެސް ވަރަށް ތަފާތުވާނެ!

ޢިލްމުވެރިއަކު ވިދާޅުވެފައިވެއެވެ. 

"އެއްވެސް މީހަކު ކުށްވެރި ނުކުރާށެވެ! ރަނގަޅު މީހުންގެ ކިބައިން އުފާވެރިކަން ލިބޭނެއެވެ. ގޯސް މީހުންގެ ކިބައިން އެ ލިބެނީ ތަޖުރިބާއެވެ. އެންމެ ނުބައި މީހުންގެ ކިބައިން އެލިބެނީ ފިލާވަޅުތަކެވެ. އެންމެ ރަނގަޅު މީހުންގެ ކިބައިން ދަސްވާ ކަންކަމުގެ ބޭނުން ޙަޔާތުގެ ކޮންމެ ކަމެއްގައިވެސް ހިފަމުން ގެންދާށެވެ!" 

މިބަސްފުޅަށް ވިސްނާލައިފިނަމަ މިއީ ވަރަށް ގިނަ، ޢިބްރަތްތެރި ވާހަކަތަކެކެވެ.

"އެއްވެސް މީހަކު ކުށްވެރި ނުކުރާށެވެ! ރަނގަޅު މީހުންގެ ކިބައިން އުފާވެރިކަން ލިބޭނެއެވެ." ނުބައި މީހަކާއި ނުވަތަ ބައްދަލުވިނަމަވެސް އަދި އެކުގައި އުޅެން ޖެހުނަސް އެ ދެމީހުންކުރެ އެއްވެސް މީހަކު ކުށްވެރިނުކުރާށެވެ! ޔަޤީންކުރަންވީ އުފާވެރިކަން ލިބޭނީ ރަނގަޅު މީހުންގެ ކިބައިނަކްމެވެ. ވީމާ އެކުގައި އުޅެން އިޚްތިޔާރުކުރަންވާނީ ރަނގަޅު މީހުންނެވެ.

ދެން ބަޔާން ކުރައްވާފައި އެވަނީ 2 ދަރަޖައިގެ ނުބައިމީހުންގެ ވާހަކައެވެ. "ގޯސް މީހުންގެ ކިބައިން އެ ލިބެނީ ތަޖުރިބާއެވެ. އެންމެ ނުބައި މީހުންގެ ކިބައިން އެލިބެނީ ފިލާވަޅުތަކެވެ."

މާނައަކީ ނުބައި މީޙުންގެ ކިބައިން ކުރެވޭ ތަޖުރިބާތަކުގެ ބޭނުން ހިފަންވާނެއެވެ. ދަސްވާ ކޮންމެ ކަމަކީ ފިލާވަޅެއް ކަމަށް ބަލައި އެފަދަ ކަމަކުން އަނިޔާއެއް ނުލިބޭނެ ގޮތަށް ދިރިއުޅުމުގެ ކަންކަން ބައްޓަންކުރަންޖެހޭނެއެވެ. 

ދެން ވިދާޅުވެފައިއެވަނީ ދިރިއުޅުމުގެ މިސްރާބު ބަލަންޖެހޭނެ ސަމުގާގެ ވާހަކައެވެ. "އެންމެ ރަނގަޅު މީހުންގެ ކިބައިން ދަސްވާ ކަންކަމުގެ ބޭނުން ޙަޔާތުގެ ކޮންމެ ކަމެއްގައިވެސް ހިފަމުން ގެންދާށެވެ!" 

މާނައަކީ ހެޔޮލަފާ މީހުންގެ ކިބައިން ދަސްވާ ކަންކަން އަމިއްލަ ދިރިއުޅުމުގައި ތަންފީޛްކުރަން މަސައްކަތްކުރަންވާނެއެވެ. އުފާވެރި ދިރިއުޅުމެއް އުޅެވޭނީ އެއިރުންނެވެ. ހމައެފަދައިން ނުބައި ނުލަފާ މީހުންގެ ކިބައިން ދަސްވާ ކަންކަމަށް ޢަމަލުކުރަން މަސައްކަތްކުރާނަމަ އެމީހެއްގެ ދިރިއުޅުން އަބަދުވެސް އޮންނާނީ ހޫނުފެނަށް ވެއްޓިފައެވެ. "ބޮއިލިންގ ޕޮއިންޓް"ގައެވެ. ދުވަހަކުވެސް ސަލާމަތެއް ނުވެވޭނެއެވެ. 

- އަލަފްގެ ވިސްނުމުން

 

މިއަދު އޮންލައިން