ހިތްދަތިކަމުގެ ވަޤުތުގަ ޤުރްއާނުން ޝިފާއެދެން ކިޔަވަންވީ މަގު-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ހިތްދަތިކަމުގެ ވަޤުތުގަ ޤުރްއާނުން ޝިފާއެދެން ކިޔަވަންވީ މަގު-: މުފްތީ މެންކް

ހިތާމައެއް ނުވަތަ ދަތި އުނދަގޫކަމެއް ދިމާވެއްޖެނަމަ ޤުރްއާނުން ޝިފާ ހޯދަން މަސައްކަތްކޮށްފި ކޮންމެ މީހަކަށްވެސް ޝިފާ ދެއްވަވާނެތެވެ. އެކަން ޔަޤީންވަނީ ޤުރްއާނަކީ ޝިފާއެއް ކަމަށް ޤުރްއާނުގައި ބަޔާންކުރައްވަވާފައިވާތީއެވެ. 

ޤުރްއާން ކިޔަވަން 2 ގޮތެއް އޮވެއެވެ. އެއީ ފޮތެއް ކިޔާހެން ކިޔައިލުމާއި ރީތި ރާގުތަކަށް ކިޔެވުމެވެ. މީގެ ތެރެއިން ކިޔަވަންވީ ރީތި ރާގުތަކަށެވެ. އެއީ ކޮންމެހެން އެމްމެ މަޝްހޫރު ޤާރިން ކިޔަވާ ރާގަކަށް ނުވުމަކީ މައްސލައެއް ނޫނެވެ. އެމީހަކަށް ﷲ ތަޢާލާ ދެއްވަވާފައިވާ އަޑުން އެމީހަކަށް ކިޔަވަން އެނގޭ އެންމެ ރީތިކޮށް ކިޔަވާށެވެ. 

މީސްތަކުންނޭވެ! ކަންބޮޑުވާންޖެހޭ ކަމެއް މެދުވެރިވުމުން އެއީ ގޮތްހުސްވުން ކަމަށް ނުދެކޭށެވެ. ދުނިޔޭގެ އެންމެންނަށް ބެލިނަމަވެސް ކަންބޮޑުވާންޖެހޭ ކަމެއް ނެތް ހަމައެކަކުވެސް ނުހުންނާނެއެވެ. ނަމަވެސް އެއް ބައަކު އެމީހުންގެ ކަންބޮޑުވުން އެހެން މީހުންނަށް ނުއަންގަނީއެވެ. ކަންބޮޑުވުންތަކާއިއެކުގައި ދިރިއުޅެން މަސައްކަތްކުރަނީއެވެ. 

އެގޮތަށް އުޅެވޭނީ އެމީހެއްގެ ހިތާއި ﷲ ތަޢާލާ އާއި ގުޅިފައިވާނަމައެވެ. އެގުޅުން އުފައްދަން އޮތް އެންމެ ފުރިހަމަ ވަސީލަތަކީ ޤުރްއާނެވެ. އެކަމަށް އޮތް އެންމެ ފަހި އެއް މަގަކީ ޤުރްއާނުން ޝިފާ ހޯދަން މަސައްކަތްކުރުމެވެ. ޤުރްއާނުން ޝިފާ ހޯދަން މަސައްކަތްކުރާ މީހަކަށް ހިތްހަމަޖެހުން ﷲ ތަޢާލާ މިންވަރުކޮށްދެއްވަވާނެތެވެ. އިން ޝާ ﷲ 

- މުފްތީ މެންކުގެ ދަރުސަކުން

 

މިއަދު އޮންލައިން