ޢާއިޝަތު ރަފާޙް ޢަލީ
ނަމާދު އެޅުން ހުއްދަވާ އޮތީ އެންމެ ދެސަބަބެވެ. އެއީ ނިދިން ނުހޭލެވި އޮތުމާއި ހަނދާންނެތުމެވެ.
ފަތިސްނަމާދަށް ނުހޭލާ މީހުން ދަންނާށެވެ! ނުހޭލެވުނުކަމަށްވާނީ ހޭލުމަށްޓަކައި ކުރަންޖެހޭ ކަންކަން ކޮށްގެން ނިދާފައި އޮއްވައި ނުހޭލެވުމެވެ. އެގޮތުން އަވަހަށް ނިދުމާއި ޛިކުރުތައް ކިޔައި ޝައިޠޯނާގެ ކިބައިން ސަލާމަތްވެގެން ނިދުމާއި ފޯނު ނުވަތަ ގަޑި ސޯނާކުރުމަކީ ކޮންމެހެން ކުރަންޖެހޭ ކަންކަމެވެ.
ކޮންމެ ޙާލެއްގައިވިޔަސް ބުއްދި ސަލާމަތުން ހުރިނަމަ ނަމާދުކުރަންޖެހޭނެ ކަމަށް ބުނުމުން ބައެއް މީހުން ކަންބޮޑުވެއެވެ. އެއީ ނަމާދުކުރަންޖެހޭ ސަބަބުތައް ނުއެނގޭތީއެވެ.
ނަމާދުން ވަރަށް ގިނަ ފައިދާތައް އަޅުގަނޑުމެންނަށް ލިބެއެވެ. އެއިގެ ތެރެއިން ބައެއް ފައިދާ އަޅުގަނޑު މި ލިޔުމުގެ ތިރީގައި ބަޔާން ކޮށްލާނަމެވެ.
--ނަމާދުގެ ސަބަބުން ފާޙިޝް ކަންކަމާއި މުންކަރާތްތަކުން ދުރުވެގެންދޭ: މާތް ﷲ ސުބްހާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
ٱتْلُ مَآ أُوحِىَ إِلَيْكَ مِنَ ٱلْكِتَٰبِ وَأَقِمِ ٱلصَّلَوٰةَ ۖ إِنَّ ٱلصَّلَوٰةَ تَنْهَىٰ عَنِ ٱلْفَحْشَآءِ وَٱلْمُنكَرِ ۗ وَلَذِكْرُ ٱللَّهِ أَكْبَرُ ۗ وَٱللَّهُ يَعْلَمُ مَا تَصْنَعُونَ ﴿٤٥﴾
މާނައީ: "ފޮތުގެ ތެރެއިން ކަލޭގެފާނަށް ވަޙީ ކުރެއްވި ތަކެތި ކިޔަވައި ވިދާޅުވާށެވެ! އަދި ކަލޭގެފާނު ނަމާދު ޤާއިމްކުރާށެވެ! ހަމަކަށަވަރުން، ނަމާދަކީ ހުތުރުކަންބޮޑު ފާފަތަކާއި، މުންކަރާތްތައް ނަހީކުރާ ކަމެކެވެ. އަދި ހަމަކަށަވަރުން، اللَّه ހަނދުމަ ކުޅައުމަކީ، އެންމެ ބޮޑު ކަންތަކެވެ. އަދި ތިޔަބައިމީހުން ކުރާ ކަންތައް ﷲ ދެނެވޮޑިގެންވެތެވެ."
--ޝަހާދަތުގެ ދެކަލިމައަށް ފަހުގައި އެންމެ މާތް ޢަމަލު
--ނުބައި ކަންތައްތައް ފޮހެލާ
--ސުވަރުގެ ވަނުމަށް ކޮންމެހެން ކުރަންޖެހޭ ކަމެއް
--ކުރާ އެހެން ހެޔޮ ޢަމަލުތައް ޤަބޫލުފުޅުކުރައްވަވާނެ ސަބަބު