ދެމަފިރިން އެކަކު އަނެކަކަށް ނަމާދުކުރަން ހަނދާންކޮށް ނުދޭނަމަ ލައްވަވާނެ އެންމެ ބޮޑު ކޯފާ އެނގޭހެއްޔެވެ؟: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 6ސ
ދެމަފިރިން އެކަކު އަނެކަކަށް ނަމާދުކުރަން ހަނދާންކޮށް ނުދޭނަމަ ލައްވަވާނެ އެންމެ ބޮޑު ކޯފާ އެނގޭހެއްޔެވެ؟: މުފްތީ މެންކް

ދެމަފިރިން އެކަކު އަނެކަކަށް، ޚާއްޞަކޮށް އެއް ގެއެއްގައި ދިރިއުޅޭއިރު ނަމާދުކުރަން ހަނދާންކޮށް ނުދޭނަމަ ލައްވަވާނެ އެންމެ ބޮޑު ކޯފާ އެނގޭހެއްޔެވެ؟ އެނގި ތިބިނަމަވެސް ނުއެނގޭތީ ނަމަވެސް ގިނަ ބައަކު މިއަދު މިވަނީ އެކަމަށް ޣާފިލުވެފައެވެ. 

އެޙާލަތުގައި އެބައަކަށް ﷲ ތަޢާލާގެ ރުހިވޮޑިގަތުމެއް ނުލިބޭނެއެވެ. ތަނަވަސްކަން ދެއްވަވައިފާނެއެވެ. އެއީ އިމްތިޙާންކުރެއްވެވުމަށެވެ. އެހެނަސް އެތަނަވަސްކަމުގައި ބަރަކާތެއް ނުލައްވަވާނެތެވެ. ނަތީޖާއަކަށްވެގެންދާނީ ތަނަވަސްކަން ލިބިތިބެމެ ހިތްދަތިކަމާއި ކަންބޮޑުވުންތަކުގައި ދިރިއުޅެންޖެހުމެވެ. 

ދެން ފާހަގަކޮށްލަންޖެހޭނެ ކަމަކީ ރިޒުޤް އިތުރުވުމަށާއި ދެއްވަވާ ރިޒުޤްގައި ބަރަކާތް ލެއްވެވުމަށާއި އުފާވެރި ދިރިއުޅުމަކަށް އެދޭނަމަ ތައުބާވުން ގިނަކޮށް ކޮންމެ ދުވަހަކުވެސް ތައުބާވަމުން ގެންދަން ޖެހޭނެއެވެ. އެއިރުން އުޑުން ރަހްމަތުގެ ވާރޭ ވެއްސަވާ ފަދައިން ތިބާއަށް ތަނަވަސްކަން އިތުރުކޮށްދެއްވަވާނެތެވެ. އެކަން ނޫހް ސޫރަތުން ޔަޤީންވެގެންދާނެއެވެ. 

ތަނަވަސްކަން ލިބުމުން ހުރިހާ އުފާތަކެއް ދުނިޔޭގައި ލިބޭނެ ކަމަށް ދެކެގެން ތިބިނަމަވެސް ހިތާމަތަކާއި ހިތްދަތިކަމުގައި ދުނިޔޭގައި އުޅެންޖެހިފައިވާ ތަނަވަސް މީހުން ގިނަވަނީ ދެއްވަވާފައިވާ ތަނަވަސްކަމުގައި ﷲ ތަޢާލާ ބަރަކާތް ނުލައްވަވާތީއެވެ. ވީމާ މި ބުނި ކަންކަމަށް ސަމާލުކަންދީގެން ދިރިއުޅެން މަސައްކަތްކުރާށެވެ. ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބެމުންދާނީ އެއިރުންނެވެ. 

- މުފްތީ މެންކުގެ ދަރުސަކުން  

 

 

މިއަދު އޮންލައިން