ފަރުވާކުޑަކޮށްފިނަމަ ދީނުން ބޭރުވެސް ވެދާނެ!: ދީނުގެ ކަންކަމުގަ ފަތުވާ ހޯދުމާ ފަތުވާ ދިނުމުގަ ސަމާލުކަންދޭންޖެހޭނެ ބައެއް ކަންކަން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 56ސ
ފަރުވާކުޑަކޮށްފިނަމަ ދީނުން ބޭރުވެސް ވެދާނެ!: ދީނުގެ ކަންކަމުގަ ފަތުވާ ހޯދުމާ ފަތުވާ ދިނުމުގަ ސަމާލުކަންދޭންޖެހޭނެ ބައެއް ކަންކަން-

މިއަދު އެމީހަކު ބޭނުން ކޮންމެ ޢިލްމުވެރިއެއްގެ ގާތުންވެސް ކަންކަން އޮޅުންފިލުވިދާނެއެވެ. ކޮންމެ ޤައުމެއްގައި ހުރެގެންވެސް އެކަން ކުރެވިދާނެއެވެ. ކޮންމެ ޤައުމެއްގައި ހުރެގެން ކޮންމެ ޤައުމެއްގައި ހުރި ޢިލްމުވެރިއަކާއިވެސް ސުވާލުކުރެވިދާނެއެވެ. 

އީމޭލްތަކަށާއި މެސެޖްތަކަށް ޖަވާބުދެއްވުމުގެ އިތުރުން ވަރަށް ގިނަ ޢިލްމުވެރިން ޓްވިޓަރގައާއި އެނޫންވެސް ގޮތްގޮތުން ލައިވްކޮށް ސުވާލުކުރުމުގެ ފުރުޞަތުވެސް ދެއްވަވައެވެ. 

ލައިވްކޮށް ނޫންނަމަ ފަތުވާއެއް ހޯދަން ސުވާލުކުރުމަށްފަހު ކެތްތެރިވެލާށެވެ. އެއްބޭކަލެއްގެ ކިބައިން ޖަވާބުލިބުން ލަސްވާނަމަ އެފަދަ އެހެން ޢލްމުވެރިއަކާއި ސުވާލުކުރާށެވެ! އެއްވެސް ޙާލެއްގައި ސޯޝަލް މީޑިއާގައި ނުވެސް ދަންނަ މީހުން ބުނެފައި ހުންނަ ބަސްތަކަށް އިތުބާރުނުކުރާށެވެ!  

ޝައިޚުލްއިސްލާމް އިބްން ޘައިމިއްޔާ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. "ދީނުގެ ކަމަކާއިބެހޭ ގޮތުން ސުވާލެއްކުރެވޭހިނދު، އެކަމުގެ ފުރިހަމަ ޖަވާބު ނުއެނގޭ މީހާ ބޭއިޚްތިޔާރުގައި އޭނާއަށް ލަފާކުރެވޭ ގޮތް ބުނެދިނުމުން އެއީ ރަނގަޅު ޖަވާބު ނަމަވެސް ބުނެދިން މީހާ ފާފަވެރިވާނެއެވެ. އެހެނީ އޭނާ ޖަވާބުދިނީ އޭނާއަށް ރަނގަޅު ޖަވާބު ނުއެނގިހުރެއެވެ." 

މީސްތަކުންނޭވެ! އިސްލާމް ދީނުގެ ކަމަކާއި ގުޅިގެން އިތުރަށް އޮޅުންފިލުވަން ބޭނުންނަމަ ދީނީ ޢިލްމުވެރިންނާއި ސުވާލުކުރާށެވެ! ދީނުގެ ކަންކަމުގައި ބަސްބުނެ އުޅޭ ކޮންމެ ކޮންމެ މީހެއްގެ ފޭސްބުކް ނުވަތަ ސޯޝަލް މީޑިއާ ބަލައި އިތުބާރުނުކުރާށެވެ! 

ފަހަރެއްގައި އެމީހަކު ބުނެފައި ހުންނަނީ ރަނގަޅު ބަސްތަކެއް ކަމުގައިވެސް ވެދާނެއެވެ. މައްސަލައކަށްވަނީ ރަނގަޅު ބަހެއް ބުނަން އެނގޭ ކޮންމެ މީހަކީ ދީނުގެ ކަންކަމުގައި ފަތުވާދެވޭނެ މީހަކަށްނުވާތީއެވެ. ފަތުވާ ދިނުމާއި ރަނގަޅު ހެޔޮ ބަސް ބުނުމާއި އެއީ މުޅިންތަފާތު ދެކަމެކެވެ. 

ހޯދޭ ނުބައި ފަތުވާއެއްގެ ސަބަބުން މީހާކުރާ އަޅުކަންތައް ގެއްލިގެންވެސް ހިނގައިދާނެއެވެ. ދީނުގައި ޔަޤީންކުރަންޖެހޭ ކަމަކަށް ޝައްކުކުރެވިއްޖެ ނަމަ ނުވަތަ އެއީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ޤަބޫލުކުރެވިއްޖެ ނަމަ ކިތަންމެ ބޮޑު ގެއްލުމެއްވެސް ލިބިދާނެއެވެ. 

ދީނީ ޢިލްމުވެރިއަކު އެނގިހުރެ ނުބައި ފަތުވާއެއް ނުދޭނެއެވެ. އެކަމަކީ ކިހައި ބޮޑު ފާފައެއްކަން އެމީހާއަށް އެނގޭނެއެވެ. އަދި ދީނީ ޢިލްމުވެރިއަކު ނުބައި ފަތުވާއެއް ދިން ނަމަވެސް އެކަމުގެ ޒިންމާ އުފުލަންޖެހޭނީ އެމީހެކެވެ. ފަތުވާ ހޯދި މީހާއަށް އެއްވެސް ތަކްލީފެއް ނުވެއެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން