ކީރިތި ޤުރުއާން މުޢުޖިޒާތަކަށްވާ ބައެއްކަންތައްތައް-

ކިޔުމަށް ހޭދަވާނީ 4މ 27ސ
ކީރިތި ޤުރުއާން މުޢުޖިޒާތަކަށްވާ ބައެއްކަންތައްތައް-

ޢާއިޝަތު ރަފާޙް ޢަލީ

ކީރިތި ޤުރުއާން މުޢުޖިޒާތަކަށްވާ ވަރަށް ގިނަ ކަންތައްތައް އެބަހުއްޓެވެ. އެއިގެ ތެރެއިން ޢިލްމުވެރިން ބަޔާންކުރައްވާ ބައެއް ކަންކަން ތިރީގައި ހިމަނައިލާނަމެވެ. 

ގުރްއާން އާއި އެއްފަދަ އެއްޗެއް ގެނައުމަށް މީސްތަކުން ނުކުޅެދިފައިވުން: 

ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމް ގެ ޒަމާނުގައި ޢަރަބި ބަހަށް އަދި ޅެން ހެދުން ފަދަ ކަންކަމަށް އެޒަމާނުގެ މުޝްރިކުން ވަރަށް މޮޅުވިއެވެ. ނަމަވެސް އެމީހުންނަށްވެސް އެއާއި އެއްފަދަ އެއްޗެއް ނުގެނެވުނެވެ. 

ކީރިތި ޤުރުއާނުގައިވާ ޣައިބީ ޚަބަރުތައް އައިސްފައިވާތީ: 

ކީރިތި ޤުރުއާނުގައި އިންސާނުންނަށް ވެސް އަދި ޖިންނީންނަށް ވެސް އަދި އެހެނިހެން މަޚްލޫޤުންނަށް ނޭނގޭ އެތައް ކަމެއް ވެއެވެ. މާޒީގައި ހިނގާފައިވާ ކަންކަމާއި މުސްތަގްބަލުގައި ހިނގާނެ ކަންކަން ބަޔާންކުރައްވާފައިވެއެވެ.

މާޒީގައި ހިނގާފައިވާ ކަމެއްގެ ދަލީލަކީ މާތް ﷲ ސުބްހާނަހޫ ވަތަޢާލާ ކީރިތި ޤުރުއާންގެ ބަގަރާ ސޫރަތުގައި ވަޙީކުރައްވާފައިވެއެވެ. 

وَإِذْ نَجَّيْنَاكُم مِّنْ آلِ فِرْعَوْنَ يَسُومُونَكُمْ سُوءَ الْعَذَابِ يُذَبِّحُونَ أَبْنَاءَكُمْ وَيَسْتَحْيُونَ نِسَاءَكُمْ ۚ وَفِي ذَٰلِكُم بَلَاءٌ مِّن رَّبِّكُمْ عَظِيمٌ ﴿٤٩﴾ 

މާނައީ: އަދި فرعون ގެ މީހުންގެ ކިބައިން ތިމަންރަސްކަލާނގެ ތިޔަބައިމީހުން ސަލާމަތް ކުރެއްވިހިނދު، ހަނދުމަކުރާށެވެ! އެއުރެން، ތިޔަބައިމީހުންނަށް ގަދަފަދަވެގެންވާ عذاب ގެ ރަހަ ދައްކަމުންގެންދެއެވެ. އެއުރެން ތިޔަބައިމީހުންގެ ފިރިހެންދަރިން ކަތިލައި، އަދި ތިޔަބައިމީހުންގެ އަންހެންދަރިން ނުމަރައި ބައިތިއްބަތެވެ. އެކަންތައްތަކުގައި، ތިޔަބައިމީހުންގެ ވެރިރަސްކަލާނގެ حضرة ން އައިސްފައިވާ ބޮޑު امتحان އެއް ވެއެވެ. (49)" 

މުސްތަގްބަލުގައި ހިނގާނެ ކަންކަން ބަޔާންކުރައްވާފައިވެއެވެ: 

الم ﴿١﴾ غُلِبَتِ الرُّومُ ﴿٢﴾ فِي أَدْنَى الْأَرْضِ وَهُم مِّن بَعْدِ غَلَبِهِمْ سَيَغْلِبُونَ ﴿٣﴾ فِي بِضْعِ سِنِينَ ۗ لِلَّهِ الْأَمْرُ مِن قَبْلُ وَمِن بَعْدُ ۚ وَيَوْمَئِذٍ يَفْرَحُ الْمُؤْمِنُونَ ﴿٤﴾ بِنَصْرِ اللَّهِ ۚ يَنصُرُ مَن يَشَاءُ ۖ وَهُوَ الْعَزِيزُ الرَّحِيمُ ﴿٥﴾ 

މާނައީ:" ا ل م (މި އަކުރުތަކުގެ مراد ދެނެވޮޑިގެންވަނީ اللَّه އެވެ.) (1) (عربى ންނާ) އެންމެ ކައިރި ބިމުގައި (فارسى ންގެ އަތުން) رومى ން ބަލިވެއްޖައޫއެވެ. އަދި އެއުރެން ބަލިވުމުގެ ފަހަށް، މަދު އަހަރުކޮޅެއްގެ ތެރޭގައި ކާމިޔާބު ހޯދާނެތެވެ. (އެބަހީ: فارسى ންގެ މައްޗަށެވެ.) އޭގެކުރިންވެސް އަދި އޭގެފަހުންވެސް ހުރިހާކަމެއް މިލްކުވެގެންވަނީ، اللَّه އަށެވެ. އަދި އެދުވަހުން مؤمن ން އުފާކުރާނެތެވެ. (2–4) (އެއީ) اللَّه ގެ نصر ންނެވެ. އެކަލާނގެ އިރާދަކުރައްވާ ބަޔަކަށް نصر ދެއްވަތެވެ. އަދި އެކަލާނގެއީ، عزيز ވަންތަ، رحيم ވަންތަ ރަސްކަލާނގެއެވެ. (5)"

މިއަދު އޮންލައިން