އިރުއަރައި އޮއްސޭ މަންޒަރާ ގަސްތަކުގެ ފެހިކަން ބެލުމަކީ މާޔޫސްކަން ކުޑަވެ އުންމީދުތަކަށް ދިރުން ލިބޭނެ ކަމެއް!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 12ސ
އިރުއަރައި އޮއްސޭ މަންޒަރާ ގަސްތަކުގެ ފެހިކަން ބެލުމަކީ މާޔޫސްކަން ކުޑަވެ އުންމީދުތަކަށް ދިރުން ލިބޭނެ ކަމެއް!: މުފްތީ މެންކް

އިރުއަރައި އޮއްސޭ މަންޒަރާ ގަސްތަކުގެ ފެހިކަން ބެލުމަކީ މާޔޫސްކަން ކުޑަވެ އުންމީދުތަކަށް ދިރުން ލިބޭނެ ކަމެކެވެ. އެކަންކަމަކީވެސް ﷲ ތަޢާލާގެ ކުލަދުންވަންތަކަމުގެ ހެކިތަކެވެ. ޢިބްރަތްތެރި ފިލާވަޅުތަކެވެ. 

ﷲ ތަޢާލާ ވަނީ އެކަލާނގެ ކުޅަދުންވަންތަކަމުގެ ހެކިތަކަށް ވިސްނައި ފިކުރުކުރުމަށް އަންގަވައިފައެވެ. އެއީ އެކަމުން އިންސާނުންގެ ވިސްނުމަށް ހެޔޮ ބަދަލުތައް އަންނާނެތީއެވެ. އުފާވެރިކަން ލިބޭނެތީއެވެ. ﷲ ތަޢާލާއަށް ލޯބި އިތުރުވެގެންދާނެތީއެވެ. 

މާޔޫސްކަމެއްގައި އުޅެންޖެހިފައިވާ މީހަކު ފަތިސްނަމާދުކުރުމަށްފަހު އެމީހަކަށް ކެރިކުޅަދާނަވެގެންވާނަމަ ނިކަން އިރުއަރާ މަންޒަރަށް ބަލަން ހުރެބަލާށެވެ. ﷲ ތަޢާލާގެ ކުޅަދުންވަންތަކަމަށް ވިސްނަމުން މަންޒަރަށް ބަލައިފިނަމަ މުޅި ހަށިގަނޑަށް ތާޒާކަން ލިބިގެންދާނެއެވެ. 

މިއަދުވެސް، ކާފިރުންނަށް ބެލިނަމަވެސް އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބޭ އެއްކަމަކީ ގަސްތަކަށް ބެލުމެވެ. ފެހިކުލައިގެ ދޫލައެއްފަދައިން ދުރަށް ފެތުރިގެން ގޮސްފައިވާ ފެހިކަމަށް ބެލުމެވެ. ހިތްހަމަޖެހުން އެލިބެނީ ޤަބޫލުނުކޮށް ހުރެވެސް އޭނާއަށް އެބެލެނީ ﷲ ތަޢާލާގެ ކުޅަދުންވަންތަކަމުގެ ހެކިތަކަށް ކަމުގައިވާތީއެވެ. 

ނަފްސާނީ ފަރުވާދޭ ޑޮކްޓަރުންވެސް ޤުދްރަތީ މަންޒަރުތަކަށް ބަލައި ހިތްހަމަޖެހުން ހޯދަން ބުނާނެއެވެ. އެމީހުންގެ މަސައްކަތަށް އުނިކަން ލިބިދާނެތީ ﷲ ތަޢާލާގެ ކުޅަދުންވަންތަކަމުގެ ހެކިތަކައް ކަމަށް ނުބުނަނީއެވެ. ﷲ ގެ ޙަޟްރަތުން ޝިފާ ލިބުމުގެ ވާހަކަ ނުދައްކަނީއެވެ. އެގޮތަށް ނުބުނި ނަމަވެސް އެދެއްކެނީ ހަމަ މިބަޔާންކުރި ފަދަ ވާހަކަތަކެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން 

 

މިއަދު އޮންލައިން