އުފާވެރި ޚަބަރެއް!: ރެޑްވޭވުން އެތެރެކޮށް ބާޒާރަށް ނެރެ ކަސްޓަމަރުންގެ މަޤްބޫލުކަން ހޯދާފައިވާ މަޖަން މަރުކާގެކިރުގެ އަގުބޮޑުނުކުރާނެ ކަމުގެ ޔަގީންކަން ދީފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 41ސ
އުފާވެރި ޚަބަރެއް!: ރެޑްވޭވުން އެތެރެކޮށް ބާޒާރަށް ނެރެ ކަސްޓަމަރުންގެ މަޤްބޫލުކަން ހޯދާފައިވާ މަޖަން މަރުކާގެކިރުގެ އަގުބޮޑުނުކުރާނެ ކަމުގެ ޔަގީންކަން ދީފި

ސަރުކާރަށް ނަގާ ޖީއެސްޓީ ބޮޑުކުރުމުން ބާޒާރުގައި ތަކެތީގެ އަގުތައް އިންތަކުގައާއި އިންތަކުގެ ބޭރުން އުފުލިގެން ދިއުމުން އެކަމަށް އެންމެންވެސް ތިބީ ކަންބޮޑުވެ ކަޅި ހުއްޓިފައެވެ. މިސާލަކަށް ބުނާނަމަ ޖީއެސްޓީ ބޮޑުނުކުރާ ބާވަތްތަކުންވެސް ޖީއެސްޓީ ބޮޑުވެއްޖެކަމަށް ބުނެ ބައެއް ފިހާރަތަކުން ވަނީ މުދަލުގެ އަގު ބޮޑުކޮށްފައެވެ. 

މިފަދަ ބޮޑު ކަންބޮޑުވުމެއްގައި ތިއްބައި މިފަދަ ކަންކަމުގައި އަބދުވެސް އުފާވެރި ޚަބަރުދޭ ރެޑަވޭވުން ވަރަށް އުފާވެރި ޚަބަރެއްދީފިއެވެ. 

ޖީއެސްޓީއަށް ސަރުކާރުން ގެނައި ބަދަލާއިއެކު ބާޒާރުގައި މުދަލުގެ އަގު އިންތިހާއަށް އަށްބޮޑުވެ ޒަރޫރީ އަދި ކޮންމެ ދުވަހަކުވެސް ކެއިންބުއިމަށް ބޭނުންކުރާ ތަކެތިން އަގުބޮޑުވެގެންދިއުމަކީ  އާންމުންގެ ކަންބޮޑުކޮށްލިކަމަކަށްވެފައިވަނިކޮށް މިކަންބޮޑުވުން އިތުރުވެގެންދިޔައީ ކޮންމެ ދުވަހަކު ބޭނުން ކުރަމުންދާ، ދަރިވަރުންގެ ނާސްތާގައި ހިމެނިފައިވާ ހިކިކިރުގެ އަގުވެސް ކުއްލިއަކަށް، އިންތިހާއަށް ދާދިފަހުން ބޮޑުވެގެންދިއުމުންނެވެ. އަދި ކުޑަކުދިންބޯ ފްލޭވާޑް މިލްކުގެ އަގުވެސް ބޮޑުކުރުމުންނެވެ. 

ނަތީޖާށއެއްގެ ގޮތުން ކޮންމެ ދެ މައަކު ބައްދަލުވެއްޖެނަމަ ދައްކަނީ އެކަމުގެ ވާހަކައެވެ. ބައް2ޕައިން ދައްކަނީ އެކަމުގެ ވާހަކައެވެ. އާންމުންގެ މިކަންބޮޑުވުން ސޯޝަލްމީޑިއާގައި ހަބޭހަށް  ފެތުރެމުންދަނިކޮށް ރެޑުވޭވުން ދިން ޚަބަރާއިއެކު ގިނަ ބައަކަށް ހިތްހަމެޖހުމެއް ލިބިއްޖެއެވެ. 

ރެޑްވޭވް ފިހާރަތައް ހިންގާ ގްރޫޕުން ބުނެފައިވަނީ އެގްރޫޕުން ގިނަ އަދަދަކަށް ރާއްޖެ އެތެރެކޮށް ބާޒާރަށް ނެރެ ކަސްޓަމަރުންގެ މަޤްބޫލުކަން ހޯދާފައިވާ މަޖަން ހިކި ކިރުގެ އަގު، ބޮޑު ނުކުރާނެކަމުގެ ޔަޤީންކަން ދޭކަމަށެވެ. 

މިކަމާއި ގުޅިގެން ރެޑްވޭވްގެ އޮފިޝަލު މައުލޫމާތު ދެއްވިގޮތުގައި ދުނިޔޭގެ މާރކެޓަށް އައި ބަދަލާއި އެކު ޕައުޑަރ މިލްކުގެ އަގުތައް އުފުލިގެން ދިޔުމާއިއެކުވެސް، ރެޑްވޭވްގެ މިލްކް ޕައުޑަރުގެ އަގުތަށް އެކުންފުނިންވަނީ އެހަރަދުގެ ބުރަ ކަސްޓަމަރުން އުފުލަން ނުޖެހޭގޮތަށް އެއް ހަމައެއްގައި ހިފަހައްޓާފައި ކަމަށެވެ. 

އެގޮތުން މަޖަންގެ 800ގ ޕެކެޓެއް 90 ރ އަށް ލިބިގެންދާނެއެވެ. އަދި 1.8ކިލޯ ގެ ޕެކެޓެއް 199ރ އަށް ހުރިއިރު، 2.25ކިލޯ ގެ ޕެކެޓެއްވެސް ހުރީ ބާޒާރުގެ އެންމެ ހެޔޮ އަގުކަމުގައިވާ 255ރ އަށެވެ. އެކުންފުނީގެ ހޯލްސޭލް އަދި ރީޓޭލް ކަސްޓަމަރުންނަށްވެސް ކުރީގައިވެސް ހުރި، ބަދަލެއްނުވާ ހެޔޮ އަގުގައި މަޖަން ހިކިކިރު ލިބިގެންދާނެއެވެ. މަޖަންއަކީ ރާއްޖެއަށް އެތެރެކުރާ ގިނާ ބްރޭންޑްތަކެއްގެ ކިރެކޭ އެއްފަދައިން، ދިވެހިންގެ ރަހަތަކާއި ގުޅޭ ނިއު ޒިލޭންޑުގެ އުފެއްދުމެކެވެ. 

މަޖަން ހިކި ކިރު ނޫނަސް އާންމުކޮށް ކާބޯތަކެތި ތައްޔާރުކުރަން ބޭނުންކުރާ ގިނަ ބާވަތްތަކެއްގެ މުދާ ރެޑްވޭވް ފިހާރަތަކުން ވިއްކަމުން ގެންދަނީ އެންމެ ހެޔޮ އަގުތަކުގައެވެ. އެގޮތުން، މަސްދަޅު، ޓޮމާޓޯ ޕޭސްޓް، ސަންފްލާވަރ އޮއިލް އަދި މައިލޯ ފަދަ  ޕްރޮޑަކްޓްގެ އަގު ރެޑްވޭވް ފިހާރަތަކުގައި ވަރަށް ބޮޑުތަން ހެޔޮކަން ފާހަގަކުރެވެއެވެ.   

ކަސްޓަމަރުން ވިޔަފާރި ކުރެއްވުމުގައި އަގުހެޔޮކޮށް އެއްޗެހި ބައްލަވައިގަތުމަށް ސަމާލުކަންދެއްވާނަމަ  ފާހަގަކުރެވިގެންދާނީ ރެޑްވޭވްގެ ފިހާރަތަކުން ބާޒާރުކުރެއްވުމުން ޖީބަށް ބުރަވުމުގެ ބަދަލުގައި ލުއިވެގެން ގޮސްފައިވާކަން ކަމުގައި ރެޑްވޭބް ގްރޫޕުން ފާހަގަކުރެއެވެ.

މިއަދު އޮންލައިން