މީހުންގެ ނުބައިކަން ބޮޑުވުމުން މީހުންނާއިއެކު ބިންގަނޑު، ބިންގަނޑުގެ ތެރެއަށް ދަމައިގަތުން ގިނަވާނެ! އެކަން މިދަނީ ފެންނަމުން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
މީހުންގެ ނުބައިކަން ބޮޑުވުމުން މީހުންނާއިއެކު ބިންގަނޑު، ބިންގަނޑުގެ ތެރެއަށް ދަމައިގަތުން ގިނަވާނެ! އެކަން މިދަނީ ފެންނަމުން

އަހަރެމެންގެ ތެރެއިން ބައެއް މީހުންނަށް ވިސްނިގެން މިއުޅެނީ ބޮޑެތި މުޞީބާތްތައް ކުރިމަތިވަނީ ފަހުޒަމާން ލައިގަނެގެން އުޅޭތީ ކަމަށެވެ. ނަމަވެސް އެއީ އެއްވެސް ޙާލެއްގައި ޒަމާނަކާއި ގުޅުންހުރިކަމެއް ނޫނެވެ. މުޞީބާތްތައް ކުރިމަތިވަމުން މިދަނީ މީސްތަކުންގެ ނުބައިކަން ބޮޑުވުމުންނެވެ. ﷲ ތައާލާ ވޮޑިގެންވާކަންވެސް ޤަބޫލުނުކުރާ މީހުން ގިނަވާތީއެވެ. 

މިކިޔައިދެނީ އެކަން އެނގިގެންދާ ޙަދީޘްފުޅެކެވެ. 

ޤިޔާމަތްވުމުގެ އެހެން މައިގަނޑު އަލާމާތެކެވެ. ދުނިޔޭގެ ބަނޑުތެރެއަށް ދުނިޔެއިން ބައެއް ދިރުވައިލުންތަކެއް އަންނާނެއެވެ. ރަސޫލާ ޞައްލަﷲ ޢަލައި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. ތިމަން ކަލޭގެފާނު ސުވަރުވެ ވަޑައިގަތުމަށް ފަހު، ދުނިޔޭގެ އިރުމަތީ ފަރާތުން (މަދީނާގެ އިރުމަތީ ފަރާތުން) ދުނިޔޭގެ ބައެއް ދިރުވައިލެވޭނެއެވެ. ނުވަތަ ބިމުގެ ބަނޑުތެރެއަށް ދުނިޔެއިން ބައެއް ދަމައިގަންނާނެއެވެ. އެ ގޮތުން މަދީނާގެ ހުޅަނގުން ކޮންމެވެސް ސަރަހައްދެއް ދަމައިގަންނާނެއެވެ. ހަމައެހެންމެ ޢަރަބި ޖަޒީރާތަކުގައި ވެސް ދަމައިގަތުމެއް ކުރިމަތިވާނެއެވެ. 

ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމަގެ ޞަޙާބީއެއް ދެންނެވިއެވެ. "އޭ ﷲ ގެ ރަސޫލާއެވެ. ބިންގަނޑު ދަމައިގަންނަނީ އިންސާނުންނާ ވެސް އެކުގައިތޯއެވެ؟ އެ ތަނުގައި ތަޤުވާވެރި މީހުން ތިއްބަސް އެ މީހުންނާ ވެސް އެކުގައިތޯއެވެ؟" ރަސޫލާ ޞައްލަﷲ އަލައިހި ވަސައްލަމް ޙަދީޘްކުރެއްވިއެވެ. "އާނއެކެވެ! އިންސާނުން ދުނިޔޭގައި ފަސާދަވެ، ނުބައި ކަންތައްތައް އިތުރުވެއްޖެ ނަމައެވެ." 

މިހާރު އެފަދަ ކަންކަން އަޅުގަނޑުމެންނަށް މިދަނީ ފެންނަމުންނެވެ. އިރުމައްޗާއި ހުޅަނގުން އެފަދަ މަންޒަރުތައް ދަނީ ފެންނަމުންނެވެ. ރައްބެއް ޤަބޫލުނުކުރުން ފަދަ އެތައް ކަމެއް ދަނީ ފެންނަމުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން