އިސްތިޚާރާ ކުރުމުން ހުވަފެނެއް ފެންނާނެކަމަށް ޤަބޫލުކުރުމެއް ނެތް-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
އިސްތިޚާރާ ކުރުމުން ހުވަފެނެއް ފެންނާނެކަމަށް ޤަބޫލުކުރުމެއް ނެތް-: މުފްތީ މެންކް

ގިނަ ބައަކަށް ޤަބޫލުކުރެވިފައި އޮންނަނީ އިސްތިޚާރާ ކުރުމުން ހުވަފެނެއް ފެންނާނެ ކަމަށެވެ. އެހެންވެ ހުވަފެނެއް ފެނުމަށް ވަރަށް ބޮޑަށް އުންމީދުކުރެވެއެވެ. ހުވަފެނެއް ނުފެނިއްޖެނަމަ މަގެއް ނުފެނުނީ ކަމަށްވެސް އެބަ ނިންމައެވެ. 

އެއްވެސް ޙާލެއްގައި އެކަން އޮތީ އެހެނެއް ނޫނެވެ. ނަމާދުކޮށްފައި ކުރާ ދުޢާގެ މާނަ ރަނގަޅަށް ދަސްކުރާށެވެ. އެދުޢާގައި ހުވަފެނަކާއިބެހޭ އެއްވެސް ވާހަކައެއް ނެތެވެ. ﷲ ތަޢާލާއަށް ދަންނަވަނީ އެއީ ތިމާއަށް ފައިދާހުރިކަމެއް ނަމަ އެކަމެއް ހިންމަވައިދެއްވެވުން އެދިއެވެ. އަދި އެއީ ގެއްލުން ހުރިކަމެއްނަމަ އެކަމަކުން ސަލާމަތްކޮށްދެއްވެވުން ނުވތަ ދުރުހެލިކޮށްދެއްވެވުން އެދިއެވެ. 

ވީމާ ކުރަން ބޭނުންވެގެން އުޅޭކަމެއް ކުރަން ފަސޭހަވާނަމަ އެއޮތީ ޢަމަލުކުރަންވީ މަގު ފެނިފައެވެ. އެކަމެއް ހުރަސް އެޅި އުނދަގޫތައް ކުރިމަތިވާނަމަ އެކަމެއް ނުކުރަންވީއެވެ. ހުވަފެނެއްގައި ވަކިގޮތަކަށް ފެނުމުގެ އެއްވެސް ބޭނުމެއް ނެތެވެ. 

ފެންނަ ކޮންމެ ހުވަފެނަކީ ރަނގަލު ހުވަފެނެއްވެސް ނޫނެވެ. ޝައިޠޯނާގެ ކިބައިންވެސް ހުވަފެން ފެނެއެވެ. ވީމާ ހުވަފެނެއްގައި ފެންނަ ގޮތަކީ އެމީހާ ޢަމަލުކުރަންޖެހޭނެ ގޮތް ނުވަތަ ޢަމަލުކުރަން އެންމެ ރަނގަޅު ގޮތް ކަމަށް ބަލައިފިނަމަ ކިތަންމެ ބޮޑު ދެރައެއްވެސް ލިބިދާނެއެވެ. ވީމާ އެއީ ރިސްކް ވަރަށް ބޮޑު ކަމެކެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން