ކިތަންމެ ގިނައިން އަޅުކަންކުރި ނަމަވެސް ތިމާ ލޯބިވާންޖެހޭ މީހުންދެކެ ލޯބިނުވެ ﷲ ދެކެ ލޯބިވާކަމަކަށް ނުވެވޭނެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 56ސ
ކިތަންމެ ގިނައިން އަޅުކަންކުރި ނަމަވެސް ތިމާ ލޯބިވާންޖެހޭ މީހުންދެކެ ލޯބިނުވެ ﷲ ދެކެ ލޯބިވާކަމަކަށް ނުވެވޭނެ!: މުފްތީ މެންކް

މީސްތަކުންނޭވެ! ސުވަރުގެ ލިބުމަށް އެދޭނަމަ އުޅުމަށް ހެޔޮބަދަލުގެންނާށެވެ! ﷲ ތަޢާލާގެ ރުހިވޮޑިގަތުން ލިބޭނެ މަގުން ހެޔޮ ބަދަލު ގެންނާށެވެ! އެކަން މާދަމާއަށް ލަސްނުކުރާށެވެ! މިއަދު އެކަންކުރާށެވެ! މާދަމާ އަކީ ތިބާ އާއި ބައްދަލުކުރާނެ ދުވަހެއް ކަމުގައިނުވެދާނެކަމަށް ވިސްނައިގެން ޢަމަލުކުރުމުން މެނުވީ އާޚިރަތް ކާމިޔާބެއް ނުކުރެވޭނެއެވެ. 

ސުވަރުގެ ހާޞިލުކުރަން އެދޭ މީހާ ހަމައެކަނި ތިމާ ﷲ ތަޢާލާ ދެކެ ލޯބިވަމެވެ ބުނުމަކުން ނުފުދޭނެއެވެ. އަދި ނަމާދުކޮށް ރޯދަހިފައި ޒަކާތްދީ ޙައްޖުވެ ހުރިހާ އަޅުކަމެއް ކުރުމަކުންވެސް ނުފުދޭނެއެވެ. 

ފުދޭނީ ތިމާގެ ފިރިންނާއި އަނބިންނާއި ދަރިންނާއި މައިންބަފައިންނާއި ޢާއިލާ ދެކެ އަދި އެމީހުންގެ އިތުރުން އެންމެހައި މީސްތަކުން ދެކެވެސް ލޯބިވެގެންނެވެ. ވެވުނުވަރަކުން އެހީތެރިވެގެންނެވެ. ހެޔޮ ބަސްބުނެގެންނެވެ. ހިނިތުންވެގެންނެވެ. 

ﷲ ތަޢާލާ ދެކެ ލޯބިވުމުގެ މާނައިގައި ﷲ ތަޢާލާ އުފެއްދެވި މަޚްލޫޤުންދެކެ ލޯބިވުން ހިމެނިގެންވެއެވެ. ޚާއްޞަކޮށް އެމީހާ ލޯބިވާންޖެހޭ އެމީހާގެ ޢާއިލާގެ މީހުން، ރަޙިމުގެ ގުޅުންހުރި މީހުން ހިމެނިގެންވެއެވެ. އެއެންމެން ދެކެވެސް ލޯބިވެގެން ނޫނީ ފުރިހަމަ ގޮތުގައި ﷲ ތަޢާލާ ދެކެ ލޯބިވެވޭކަމަކަށް ނުވާނެއެވެ. 

- މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން