ﷲ، ބާވައިލެއްވި ޝަރީޢަތާ ފުށުއަރާގޮތަށް ޙުކުމްކުރާ ކޮންމެ އުޞޫލަކީ ހަމަސީދާ ރޯ އަނިޔާވެރިކަން!: ޝައިޚް ޢަބްދުﷲ ބިން ޖަނާބް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 20ސ
ﷲ، ބާވައިލެއްވި ޝަރީޢަތާ ފުށުއަރާގޮތަށް ޙުކުމްކުރާ ކޮންމެ އުޞޫލަކީ ހަމަސީދާ ރޯ އަނިޔާވެރިކަން!: ޝައިޚް ޢަބްދުﷲ ބިން ޖަނާބް

ވަރަށް ގިނައިން ކުރެވޭ ސުވާލެކެވެ. "ﷲ ގެ ޝަރީޢަތާއި ޚިލާފަށް އަމިއްލައަށް އުޞޫލުތައް އުފައްދައިގެން ޝަރީޢަތް ކުރަމުންގެންދާއިރު ޢިލްމުވެރިން ބަސްފުޅު ވިދާޅުނުވަނީ ކީއްވެގެން ހެއްޔެވެ؟" 

ޖަވާބަކީ ޢިލްމުވެރިން އަބަދުވެސް ގެންދަވަނީ އެކަމަށް ބަސްފުޅު ވިދާޅުވަމުންނެވެ. އުޞޫލުތައް ހަދަން ތިބި މީހުންނަށް އަޑުއިވޭކަމަށް ނުހަދަނީއެވެ. އެމީހުންގެ ހިތުގައި ﷲ އަށް ބިރުވެތިކަމެއް ނެތީއެވެ. 

" އަށާ، އާޚިރަތްދުވަހަށް އީމާންވާ ކޮންމެ މުސްލިމަކު ދަންނަންޖެހޭނެ ޙަޤީޤަތަކީ، ގަދަކީރިތި ވަންތަ ﷲ، 7އުޑުގެ މަތިން ބާވައިލެއްވި ޝަރީޢަތް ފެޔަށްޖައްސާފައި، އެއާ ފުށުއަރާގޮތަށް ދެން އިންސާނުންގެ މައްޗަށް ޙުކުމްކުރާ ކޮންމެ އުޞޫލަކީ ހަމަސީދާ ރޯ އަނިޔާވެރިކަންކަމެވެ. ފަސާދަވެރިކަމެވެ".

- ޝައިޚް ޢަބްދުﷲ ބިން ޖަނާބު 

ހިތާމައަކީ ދިވެހިރާއްޖެއަކީ ސައްތައިން ސައްތަ މުސްލިމް ޤައުމެއްކަމަށް ޤާނޫނުގައި ލިޔެފައި އޮތް ނަމަވެސް އިސްލާމް ދީނަށް ޢަމަލުކުރާ ވެރިކަމެއް މިހައިތަނަށްވެސް ފެނިފައިނުވާކަމެވެ! އެފަދަ ވެރިކަމެއްގެ ވާހަކަ ދައްކާއިރަށް އެމީހަކީ ހަރުކަށިފިކުރުގެ މީހަކަށް ހަދައި ކުރެވެން ހުރި ހރިހާ ގޯނާތަކެއް ސަރުކާރުތަކުން ކުރަމުން ގެންދާ ކަމެވެ. މަޑުކަށި އަދި ބުރަކަށި ފިކުރަށް ސަރުކާރުތަކުން މަގުފަހިކޮށްދެމުން ގެންދާކަމެވެ. 

މިއަދު އޮންލައިން