އަތުގައި ހުންނަ ﷲގެ އިސްމުފުޅުތައް ހިމެނޭ ކަރުދާސްތަކާމެދު ޢަމަލުކުރުން ވާޖިބުވެގެންވާ ގޮތް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
އަތުގައި ހުންނަ ﷲގެ އިސްމުފުޅުތައް ހިމެނޭ ކަރުދާސްތަކާމެދު ޢަމަލުކުރުން ވާޖިބުވެގެންވާ ގޮތް!

ބައެއް ގޭގޭގައިވެސް އަދި މީހުންގެ އަތުގައިވެސް ﷲ ތަޢާލާގެ އިސްމްފުޅުތައް ލިޔެވިފައިވާ ކަރުދާސްތައް ހުރެއެވެ. އެފަދަ ތަކެއްޗާއިމެދު އިހާނެތި ގޮތްގޮތަށް އަމަލުކުރެވޭތަންވެސް ފެނެއެވެ. އެހެންކަމުން މިބަޔާންކުރަނީ އެފަދަ ތަކެއްޗާއިމެދު އަމަލުކުރަން ދިސަލަފިއްޔާގައި ޝާޢިޢުކޮށްފައިވާ ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒު ބުން ބާޒް رحمه اللهގެ ބްސްފުޅެކެވެ.

ސުވާލު:

އަޅުގަނޑުގެ ވަޡީފާގެ ގޮތުން އަޅުގަނޑުގެ ބެލުމުގެދަށުގައި ﷲގެ އިސްމުފުޅުތައް ހިމެނޭ ކަރުދާސްތަކެއްވެއެވެ. އެފަދަ ކަރުދާސްތަކާމެދު ޢަމަލުކުރުން ވާޖިބުވެގެންވާ ގޮތަކީ ކޮބާތޯއެވެ؟

ޖަވާބު:

ﷲގެ އިސްމުފުޅުތައް ހިމެނޭ ކަރުދާސްތަކަށް ރައްކާތެރިވުން ވާޖިބުވެގެންވެއެވެ. އަދި އެއަށް އިޙްތިރާމް ކުޑަކުރެވޭފަދަ ކަންތައްތަކުން ހިމާޔަތްކުރަންޖެހެއެވެ. އެއީ އެކަރުދާސްތަކުގެ ބޭނުންކޮށް ނިމއްޖައުމަށް ދާންދެނެއެވެ.

ފަހެ އޭގެ ބޭނުންކޮށްނިމި އިތުރަށް އެތަކެތީގެ ބޭނުމެއް ނުވާނަމަ، އެތަކެތި ޠާހިރުތަނެއްގައި ވަޅުލާނީއެވެ. ނުވަތަ އަންދާލާނީއެވެ. ނުވަތަ އެތަކެތީގެ އިޙްތިރާމް ކުޑަނުކޮށް ރަނގަޅަށް ރައްކާކުރެވޭނެ އަލަމާރިއެއް ނުވަތަ ހަރެއްފަދަ ތަނެއްގައި ބަހައްޓާނީއެވެ.

والله المستعان.

ސަމާޙަތުއްޝައިޚް ޢަބްދުލްޢަޒީޒު ބުން ބާޒް رحمه الله

 

މިއަދު އޮންލައިން