ޝައިޚް އިބްރާހީމް ފަރީދް އަޙްމަދުގެ ދަރުސެއް ވިލިމާލޭގައި އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވަން ހަމަޖައްސައިފިއެވެ.
އައިޑީ ސްޕޯޓްސް ކްލްބާއި ވިލިމާލޭގެ އެހެން ޖަމާއަތްތައްވެސް ގުޅިގެން 27 ޖަނަވަރީ، ހުކުރު ދުވަހުގެ ރޭ 8.45 ގައި ބާއްވާ މި ދަރުސް އޮންނާނީ ވިލިމާލޭ ބަނދަރު ސަރަޙައްދުގައެވެ. ދަރުސްގެ މައުޟޫއަކީ "އޭ ޣާފިލުވެފައިވާ ޒުވާނާ!" އެވެ.
ވީހާ ގިނަ ބޭފުޅުން މި ދަރުސް އަޑުއެއްސެވުމަށް ވަޑައިގެންދެއްވުމަށް ދަރުސް އިންތިޒާމްކުރާ ފަރާތްތަކުން އެދިލައްވައެވެ.