ރޭގަނޑު ރައްޓެހިންނާއެކު ވަގުތު ހޭދަކުރަން ބޭނުން މީހުން ކައިވެނިނުކުރާށެވެ! މީހުންގެ ދަރިންނަށް އަނިޔާ ނުދޭށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 34ސ
ރޭގަނޑު ރައްޓެހިންނާއެކު ވަގުތު ހޭދަކުރަން ބޭނުން މީހުން ކައިވެނިނުކުރާށެވެ! މީހުންގެ ދަރިންނަށް އަނިޔާ ނުދޭށެވެ!: މުފްތީ މެންކް

އަޅުގަނޑުގެ ފިރިމީހާއަކީ ރޭގަނޑު އެއްވެސް މަސައްކަތެއްކުރާ މީހެއް ނޫނެވެ. އެކަމަކު ކޮންމެ ރެއަކުވެސް ގެއަށް އަންނަނީ 1 ޖަހައި ރެސްޓޯރަންޓްތައް ބަންދުކުރީމައެވެ. އެކަމާ ބަހެއް ބުނެފިނަމަ ކުރިއަށް އޮންނަ 3 ދުވަހު ގޭގެ ޚަރަދުން ބައެއް އުނިކުރެއެވެ. މިޙާލަތުގައި ފިރިމީހާއަށް ވިސްނައިދޭން ކުރެވޭނީ ކޮންކަމެއްތޯއެވެ؟

ކިޔުންތެރިޔާއަށް ދިމާވެގެން ތިއުޅޭ މައްސަލައަކީ ވަރަށް ޢާންމު ވައިރަލް ރޯގާއެކެވެ. އަޅެ ގޮތް ބަލައިލަން ތިރީގައިވާ ލިޔުން ފިރިމީހާއަށް ނިކަން ހިއްޞާކޮށްލައްވަ ބައްލަވާށެވެ!

އިންސާނުންގެ ވިސްނުމާއި ދިރިއުޅުމަށް އައިސްފައިވާ އެންމެ ނުބައި އެއް ބަދަލަކީ ރޭގަނޑު ރައްޓެހިންނާއިއެކު ވަގުތު ހޭދަކުރުމެވެ. ރެސްޓޯރަންޓްތަކާއި ކޮފީޝޮޕްތަކާއި މުނިފޫހިފިލުވުމަށާއި ކުޅިވަރުކުޅުމަށް ވަގުތު ހޭދަކުރުމެވެ.

މިފަދައިން ދިރިއުޅެމުންދާ ޒުވާނުން އެބަ ކައިވެނިކުރެއެވެ. ކައިވެންޏަށްފަހުވެސް އެމީހުން ދިރިއުޅެނީ ހަމަ ކުރިންވެސް ދިރިއުޅެމުން އައިފަދައިންނެވެ. ރޭގަނޑުގެ ވަގުތުތައް ހޭދަކުރަނީ ރައްޓެހިންނާއިއެކުގައެވެ. އަނބިމީހާ ގާތަށް ދެވޭކަމަށްވަނީ 12، 1، 2 ޖަހާފަހުންނެވެ. އެއިރު އަނބިމީހާއަށް އޮންނަނީ އިންތިޒާރުކޮށްކޮށް ވަރުބަލިވެގެން ނިދިފައެވެ. އަދި އެދަންވަރު ގެއަށް ދެވުމުންވެސް ބޭނުންވާ ކަންކަން ކޮށްދޭން އުނދަގޫވުމުން އެބަ ޝަކުވާވެސް ކުރެއެވެ.

މީގެ އިތރުން ދެން ކުރިމަތިވާ އަދި އެންމެ ނުބައި ކަމަކީ އަނބިމީހާ އެކަނި ގޭގައި އޮންނަން ޖެހުމުން ފޫހފިލުވަން ނުވަތަ ފރިމީހާއަށް އިންތިޒާރުކުރަން ކުރެވޭ ނުބައި އަމަލުތަކެވެ. އެހާލަތުގައި ސޯޝަލް މީޑިއާ ބޭނުންކުރެވުމުން ކުރެވޭ ފާފަތަކެވެ. ހިލޭ ފިރިހެނުންނާއި ގުޅުން އުފައްދަން މަގުފަހިވުމެވެ. ފިލްމް ބަލަން ދެވިހިފުމެވެ.

ތިމާ ރައްޓެހިންނާއިއެކު މަޖާކުރާއިއރު އަނބިމީހާ ބަސްއަހައިގެން ގޭގައި ހަމަ ނިދަންޖެހޭނެކަމަށް ވިސްނުމަކީ މިފަދަ ޝައިޠޯނީ ޒަމާނެއްގައި ކިހިނަކުން ބުއްދިއަށް ޤަބޫލުކުރެވޭނެ ކަމެއް ހެއްޔެވެ؟ އަނބިމީހާއަށް މަގުފުރެދެން ފުރުޞަތުދީ މަގުފަހިކުރުވާފައިވެސް ކަމެއް މެދުވެރިވުމުން ކުށްވެރިކުރަނީ އަނބިމީހާއެވެ. މިއީ ކޮން އިންޞާފެއް ހެއްޔެވެ؟

ވީމާ ކައިވެނިކުރުމަށްފަހު ރޭގަނޑުގެ ވަގުތުތައް އެކުވެރިންނާއިއެކު ހޭދަކުރާ މީހުން އަނބިމީހާއަށް އެދެނީ ވަރަށްބޮޑު އަނިޔާއެކެވެ. ކުރިން މިބުނިފަދައިން އެންމެ ބޮޑު އަނިޔާއަކީ އެމީހުން މަގުފުރެއްދުމެވެ. ކައިެންޏަށްފަހު ރޭގަނޑުގެ ވަގުތުތައް އެކުވެރިންނަށް ދީ އެހައި އަނިޔާވެރިވާން ކައިވެނިނުކުރާށެވެ! މީހުންގެ ލޯބިވާ ދަރިން މިލްކުކޮށް ގެއްލުންދޭން އޮތީ ކޮން ޙައްްެއް ހެއްޔެވެ؟

މިހައިވަރަށް ފިރިހެނުންނަށް ބަސްބުނަން މިޖހެނީ އެގޮތަށް ކަންކަންކުރާ ފިރިހެނުން ގިނަވުމުންނެވެ. އަނހެނުން އެގޮތަށް ކަންކުރުން މަދުވުމުންނެވެ. އަންހެނުންގެ ތެރޭގައިވެސް އެގޮތަށް ކަންކަންކުރާ އަންހެނުން އެބަ ތިއްބެވެ. ކޮންމެވެސް އެކުވެރިއަކާއިއެކު ރޭގަނޑު ބޭރަށްދާން އާދަކޮށްގެން އުޅޭ އަންހެނުންވެސް ތިބެއެވެ. އެމީހުންވެސް އެކަން ހުއްޓައިލާށެވެ! ފިރިމީހާ ގޭގައި ބަހައްޓާފައި އެކުވެރިންނާއިއެކު ބޭރަށް ނުދާށެވެ!

އަންހެނުން އެގޮތަށް ބޭރަށް ދިއުން ހުއްޓުވުމުގައިވެސް ފިރިހެނުންނަށް މުހންމު ދައުރެް އަދާކުރެވިދާނެއެވެ. އެއީ އަނބިމީހާ ދާންޖެހޭ، ދާންބޭނުންވާ ތަންތަނަށް އަނބިމީހާ ގޮވައިގެން ދިއުމެވެ. އެއީ ފިރިން ކޮށްދޭންޖެހޭ ފިރިންގެ މައްޗަށް ވާޖިބުވެސް ކަމެކެވެ. ދެމަފިރިންގެ ގުޅުން ބަދަހިކަމާއިއެކު ދެމެހެއްޓޭނީ ވެސް އެކަންކޮށްދީގެންނެވެ.

--މުފްތީ މެންކުގެ ދަރުސަކުން

މިއަދު އޮންލައިން