ޝައިޠޯނުންގެ މަޅީގަ ނުޖެހޭތި! ނަފްސާނީ ދުޅަހެޔޮކަމާ ބަލިތަކަށް ޝިފާ ލިބުންވެސްވަނީ އީމާންކަން ވަރުގަދަކުރިވަރަކުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 41ސ
ޝައިޠޯނުންގެ މަޅީގަ ނުޖެހޭތި! ނަފްސާނީ ދުޅަހެޔޮކަމާ ބަލިތަކަށް ޝިފާ ލިބުންވެސްވަނީ އީމާންކަން ވަރުގަދަކުރިވަރަކުން-

އަޅުގަނޑުގެ އެކުވެރިއެއްގެ ކައިވެނި ދާދިފަހުން ވަނީ ރޫޅިފައެވެ. ދަރިއަކުވެސް އޮތުމާއިއެކު އެކުވެރިޔާއަށް ތަފާތު މައްސަލަތައް ކުރިމަތިވާންފެށިއެވެ. ހުއްޓުން އަރާފައި ހުރެވެންފެށިއެވެ. މީހުންގެ ތެރެއަށް ނުނުކުމެ ގޭގައި ހުންނަން ފެށިއެވެ.

އެކަންކަމަށް ޝިފާއެއް ލިބޭތޯ ލަފާހޯދަން ކުރިމަސައްކަތުން ލިބުނު ޖަވާބުތައް އޭނާ ބަލައެއް ނުގަތެވެ. އެމީހުން ބުނާ އެއްވެސް ކަމެއް ނުކުރިއެވެ. އޭނާ ބޭނުންވަނީ ގޭގައި ހުރެގެން އަމިއްލަ މަސައްކަތުން ފަރުވާ ލިބިގަންނާށެވެ.

އަޅުގަނޑުގެ ސުވާލަކީ އެގޮތަށް ގޭގައި ހުރެގެން ނަފްސާނީ ދުޅަހެޔޮކަން ހޯދިދާނެތޯއެވެ؟ އެކުވެރިންނާއިއެކު ބޭރަށް ނުގޮސް ސިކުނޑި ތާޒާކުރެވިދާނެތޯއެވެ؟

ކިޔުންތެރިޔާގެ ތިއަ ސުވާލަކީ މިހާރަކަށް އައިސް ވަރަށް ގިނަ ބައަކު އުފައްދާ ސުވާލެކެވެ. ތިރީގައިވާ ލިޔުމުން ތިއަ ސުވާލަށް ޖަވާބެއް ލިބިލައްވާނެ ކަމަށް އުންމީދުކުރަމެވެ.

ނަފްސާނީ ދުޅަހެޔޮކަން ލިބުންވަނީ އެމީހާގެ ކިބައިގައި އީމާންކަން ހުރިވަރަކުންނެވެ. އެކަން ބަޔާންކޮށް ކިޔަމުންގެންދާ ހުކުރު ޚުޠުބާތަކުންވެސް މިކަންދަނީ އެނގި ސާބިތުވަމުންނެވެ.

"އެމީހަކީ ޞައްޙަ ޢަޤިދާއެއްގެ މަތީގައި ހުރި މީހެއް ކަމުގައި ނުވާނަމަ އެމިހަކަށް ނަފްސާނީ މައްސަލަތައް ކުރިމަތިވާނެ! އަދި އެފަދަ މީހަކަށް ހިތްހަމަ ޖެހުން ލިބުމަކީ ވެސް ނާދިރު ކަމެއް! އެފަދަ މީހަކަށް އަބަދުވެސް އުޅެން ޖެހޭނީ ހިތްހަމަ ޖެއްސުމަށްޓަކައި ދީނާއި ޚިލާފް ކޮންމެވެސް ކަމެއް ކުރެވޭތޯ!"

"ހެޔޮ މިންވަރާއި ނުބައި މިންވަރަށް އީމާން ނުވާ މީހުން އަބަދުވެސް ބަލާނީ އެމީހުންގެ އަމިއްލަ މަޞްލަހަތަށް! އަދި އެގޮތުން ކުރާ ކަމަކުން އެމީހުންގެ އަމިއްލަ ނަފްސަށް ގެއްލުން ލިބުނު ނަމަވެސް އެއްވެސް ފަރުވާލެއް ނުބަހައްޓާނެ! އަދި ބައެއް މީހުން އެމީހުން އަމިއްލަ ނަފްސަށް ގެއްލުންދީ ފުރާނަ ދޫކުރަމުން ގެންދަނީވެސް ޤަޟާޤަދަރަށް އީމާން ނުވާތީ!"

"ފުރިހަމައަށް އީމާންވެގެން ހުންނަ މީހަކަށް މުޞީބާތެއް ކުރިމަތިވި ނަމަވެސް މިފަދަ ހާލަތަކަށް ނުވެއްޓޭނެ! ކޮންމެ ކަމެއްވެސް މިންވަރު ކުރައްވަވަނީ ﷲ ތަޢާލާ ކަމާއި އެކަމަކުން ސަލާމަތް ކުރެއްވެވުން އެދި ދަންނަވަން ޖެހޭ ފަރާތަކީ ﷲ ތައާލާކަން އީމާންވެގެން ހުންނަ މީހާއަށް އެނގޭނެ! އަދި އެފަދަ މީހުން ތިބޭނީ ހިތުގެ އަޑިން އެކަންކަން ޤަބޫލުކޮށްގެން!"

މިއީ ހަމަ މި ދިވެހިރާއްޖޭގައި ކިޔާ ހުކުރުޚުޠުބާތަކުގައި ކިޔަމުން ގެންދާ ވާހަކަތަކެވެ. މިވާހަކަތަކާއި ތައާރަޟްވާގޮތަށް ފަތުރާ ވާހަކަތަކަކީ ދޮގުވާހަކަތަކެވެ. އިސްލާމް ދީނުގެ ޙަޤީޤަތް އޮޅުވާލަން ފަތުރާ ޝައިޠޯނީ ވާހަކަތަކެވެ.

މިއީ އިސްލާމް ދީނުގައި ކަން އޮތްގޮތް ކަމުގައިވާއިރު މުރުތައްދުވާ ބަލި ޖެހިގެން މިއުޅޭ ބައެއް މީހުންނާއިމެދު އެމީހުންގެ ހިމާޔަތުގައި ނަފްސާނީ ޑޮކޮޓަރުން ދެނީ ދޮގު މައުލޫމާތުކަން މިފަދަ ޚުޠުބާތަކުން އެކަވެސް މިދަނީ ވަރަށް ރަނގަޅަށް އެނގިހާމަވަމުންނެވެ. މުރުތައްދުވާ ބަލި ޖެހެނީ ނަފްސާނީ ބައްޔަކުން ކަމަށް ބުނާ ކޮންމެ މީހަކު އެހަދަނީ ވަރަށް ބޮޑު ދޮގެކެވެ. ޑޮކްޓަރެއް ނަމަވެސް ފިލޯސަފަރެއްނަމަވެސްމެއެވެ.

(މުރުތައްދުވާ) ނަފްސާނީ ބަލި ޖެހެނީ ޢަޤީދާ ބަލިކަށިވުމުންކަން އެއީ އެންމެންނަށް އެނގި ސާބިތުވާން އޮތް ކަމެކެވެ. ނަފްސާނީ ދުޅަހެޔޮކަމުގެ ވާހަކަތައް ފަތުރާއިރު މިފަދަ ހުރިހާ ކަންކަމަސް ވިސްނަން ޖެހޭނެއެވެ.

ކައިވެންޏެއް ރޫޅިއްޖެ ނަމަ ހިލޭ ފިރިހެނުން ނުވަތަ އަންހެނުންގެ ތެރެއަށް ނުކުމެ އުނގުޅެން ހިތްވަރުދޭ ޑޮކްޓަރުންނަކީ އެމީހުން ދީނާއި ދުރުކުރުވައި އެމީހުން ލައްވައި ޝައިޠޯނާ ރުހޭނެ އަމަލުތައް ކުރުވަން ހިތްވަރުދޭ މީހުންނެވެ. ޝައިޠޯނާގެ އެޖެންޓުންނެވެ.

 

މިއަދު އޮންލައިން