މިސްކިތުގަ ހުއްޓާ ބަންގި ގޮވުމުން ނަމާދުނުކޮށް މިސްކިތުން ނުކުމެ ފައިބައިގެންދެވިދާނެތަ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 26ސ
މިސްކިތުގަ ހުއްޓާ ބަންގި ގޮވުމުން ނަމާދުނުކޮށް މިސްކިތުން ނުކުމެ ފައިބައިގެންދެވިދާނެތަ؟

ނަމާދުވަގުތުވެ ބަންގިދިންފަހުން މީހަކު މިސްކިތުން ނުކުތްތަން އަބޫހުރައިރާ ރަޟިޔަﷲ ޢަންހު އަށް ފެނިވަޑައިގަތުމުން ވިދާޅުވިއެވެ. 

"ފަހެ އެމީހާ އަބުލް ޤާސިމް (އެބަހީ؛ މުޙައްމަދު (އަށް އުރެދިއްޖެއެވެ". 

ވީމާ އުރެދުމަކީ ޙަރާމްކަމެކެވެ. މިހެންވެ ޢުޛުރެއް މެދުވެރިވެގެން (ފާޚާނާ ކުރުމަށް ފަހު އެނބުރި އައުމަށް، ނޫންނަމަ އެނޫންވެސް ޟަރޫރީ ބޭނުމަކު) ނޫންގޮތަކަށް ބަންގިގޮވުމަށްފަހު މިސްކިތުން ނުކުތުން ޢިލްމުވެރިން މަނާކުރައްވައެވެ. 

 -ފަޟީލަތުއްޝައިޚް އިބުނު ޢުޘައިމީން

 

މިއަދު އޮންލައިން