ޤިޔާމަތް ކައިރިވާކަމުގެ ޢަލާމާތްތަކުގެ ތެރެއިން ބޮޑުދުންގަނޑު ފެނުން-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 47ސ
ޤިޔާމަތް ކައިރިވާކަމުގެ ޢަލާމާތްތަކުގެ ތެރެއިން ބޮޑުދުންގަނޑު ފެނުން-

ޤިޔާމަތްވުން ގާތްވަމުން އަންނައިރު ބޮޑު ދުންގަނޑެއް އަންނާނެއެވެ. އެ ދުންގަނޑު މުޅި ޖައްވު ފުރައިލާނެއެވެ. މިއީ އަނެއް މައިގަނޑު އަލާމާތެވެ. ﷲ ކީރިތި ޤުރުއާނުގައި ވަޙީކުރައްވައިފައިވާ އާޔަތެއްގެ (44:10 އާއި 44:11 ވަނަ އާޔަތް) މާނައީ، "ފަހެ ފާޅުވެގެންވާ ދުމަކާއިގެން އުޑު އަންނަނިވި ދުވަހަށް އިންތިޒާރުކުރާށެވެ." "އެ ދުން މީސްތަކުން ފޮރުވައިލާނެތެވެ. (އަދި އެއުރެން ބުނާނެތެވެ.) މިއީ ވޭންދެނިވި ޢަޛާބެކެވެ."

(އައްދުޚާން: 10،11)

ސުވާލަކީ، މިހާރު މިކަން ހިނގައިފި ހެއްޔެވެ؟ ﷲ އަޢުލަމް (މޮޅަށް ދެނެވޮޑިގެންވާނީ މާތް ﷲ އެވެ.) އަދި މިކަން (ކުރިއަސް އޮތްތަނުގައި) ހިނގަން އޮތްނަމަ އެކަންވެސް ދެނެވޮޑިގެންވާނީ ހަމަ އެކަނި މާތްﷲ އެވެ. އެހެން ނަމަވެސް ގިނަ ޢިލްމުވެރިން ވިދާޅުވަނީ، އެ ކަން އަދި އޮތީ ކުރިއަށް ހިނގާނެ ކަމެއްގެ ގޮތުގައި ކަމަށެވެ. ހަމައެހެންމެ މިއީވެސް ޤިޔާމަތް ގާތްވަމުން އަންނަ ކަމުގެ އަލާމާތެކެވެ.

 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

 

މިއަދު އޮންލައިން