ސުވާލު:. މީހަކު ބަދުދުޢާ ކުރާކަން އެނގޭ ހިނދު ކަންތައްކުރަން ޖެހޭނީ ކިހިނެއްތޯ؟
ޖަވާބު:. އޭނާގެ ބަދުދުޢާއިން ސަލާމަތްކޮށްދެއްވުން އެދި ﷲގެ ހަޟްރަތުން އެދޭނީއެވެ. އަދި އެމީހާގެ ހައްޤަކަށް އަރައިގަނެވޭ ކަމަށް ވަނީނަމަ އެކަން ހުއްޓާލައި އެމީހާގެ ހައްޤު އެމީހާއަށް ރައްދުކޮށްދޭނީއެވެ.
ޖަވާބުދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ޝައިޚް މިފަދައިން ޖަވާބު ދެއްވާފައި އެވަނީ ސަބަބުތަކެއް ހުރުމުން ކަމަށް ޤަބޫލުކުރެވެއެވެ. ހަމަ ހުރެފައި މީހަކު މީހަކަށް ބަދުދުޢާކުރުމަކީ ވަރަށް ނާދިރު ކަމެކެވެ. މިޒަމާނުގައި މިފަދަ މައްސަލަތައް ގިނައިން ކުރިމަތިވަނީ ދެމަފިރިއެއްގެ ދެމެދަށް ވަދެގަތުން ފަދަ ކަންކަމާއި ގުޅިގެންކަން ފާހަގަކުރެއެވެ.
މީގެ އިތުރުން އަތުގައި ތަނަވަސްކަން ހުރެމެ މީހުންގެ ޙައްޤު އަދާނުކުރުމާއި ބާރާއި ނުފޫޒުގެ ބޭނުންކޮށްގެން މީހުންގެ ބިމާއި މުދަލުގެ މައްޗަށް ވެރިވެގަތުން ފަދަ ކަންކަމާއި ގުޅިގެންވެސް މިފަދަ ކަންކަން ކުރިމަތިވެއެވެ.
އެހެންކަމުން ޝައިޚް ވިދާޅުވެފައިއެވަނީ އެފަދަ ކަމެއް އޮތް ނަމަ މީސްތަކުންގެ ޙައްޤުތައް އަވަހަށް އަދާކުރުމަށެވެ.