އިސްލާމިކް މިނިސްޓްރީއާ ފުލުހުންނާ އޭޖީ ފޭލްވެ ނިމިއްޖެ! ފޮރީން އެފެއާޒުން މަސައްކަތްކޮށްގެންވެސް ރާއްޖޭގަ ޤުރްއާން ޙިމާޔަތްކޮށްދެއްވާ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ
އިސްލާމިކް މިނިސްޓްރީއާ ފުލުހުންނާ އޭޖީ ފޭލްވެ ނިމިއްޖެ! ފޮރީން އެފެއާޒުން މަސައްކަތްކޮށްގެންވެސް ރާއްޖޭގަ ޤުރްއާން ޙިމާޔަތްކޮށްދެއްވާ!

ކީރިތި ޤުރްއާނުގެ މުޞްޙަފެއް އަންދާލުން ކުށްވެރިކޮށް ދިވެހި ޚާރިޖިއްޔާއިން ދައްކާފައިވާ ޘާބިތުކަމަށް ތަޢްރީފް ޙައްޤެވެ. އެކަން ބަޔާން ކުރައްވައި ދީނީ ޢިލްމުވެރިން ގެންދަވަނީ ބަސްފުޅު ވިދާޅުވަމުންނެވެ. 

ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް ވިދާޅުވެފައިވަނީ "ކީރިތި ޤުރްއާނަށް ތައުހީނު ކުރެވޭއިރު އެކަމަށް އިންކާރު ކުރުމަކީ ކޮންމެ މުސްލިމެއްގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް." ކަމަށެވެ. 

ކީރިތި ޤުރްއާނަށް ޢަމަލުކުރުމުގައި މިއަދުގެ ސަރުކާރުން ކަންކަންކުރާ ގޮތާއިމެދުގައިވެސް ކަންބޮޑުވެ ހިތާމަކުރަން ޖެހެއެވެ. އިސްލާމިކް މިނިސްޓްރީއާއި ފުލުހުންނާއީ އޭޖީ ފޭލްވެ ނިމިފައިވާއިރު ފޮރީން އެފެއާޒުން ނުވަތަ އެނޫން އިދާރާއަކުން މަސައްކަތްކޮށްގެންވެސް ރާއްޖޭގައި ޤުރްއާން ޙިމާޔަތްކޮށްދެއްވުން އެދި އާދޭސްކޮށް ސަލާންޖަހަން މިވަނީ ޖެހިފައެވެ.  

ޤުރްއާނަކީ ކޮބައިކަން ބަޔާންކުރައްވަމުން ޢިލްމުވެރިން ވިދާޅުވަނީ ޤުރްއާނަކީ ﷲ ތަޢާލާގެ ވަޙީބަސްފުޅުތައް ކަމަށެވެ. ޙާފިޡުންގެ ހިތުގައިވެސް ވަނީ ހަމަ ޤުރްއާނެވެ. 

އެހެންކަމަށްވާއިރު ކީރިތި ޤުރްއާނުގައި ބަޔާންވެގެންވާ ﷲ ތަޢާލާގެ ވަޙީބަސްފުޅުތަކަށް ޢަމަލުނުކުރުމާއި ގޮންޖެހުމާއި އަމިއްލައަށް ޤާނޫނުތައް ހަދައި ﷲ ތަޢާލާގެ ޙުކުމްފުޅުތައް ބާކީކުރަމުން ގެންދިއުން ވާނީ ކޮންކަހަލަ ކަމަކަށްތޯއެވެ؟ 

ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި އެއީ މުސްލިމަކަށް ކުރެވޭނެ އެންމެ ނުބައި ކަންކަމެވެ. ކީރިތި ޤުރްއާނުގައިވާ ޙުކުމްފުޅުތައް ބޮލާލައި ޖެހުމަކީ އެއްވެސް މުސްލިމަކު ކޮށްގެންވާނެ ކަމެއް ނޫނެވެ. އަދި ކުރެވިގެންވާނެ ކަމެއްވެސް ނޫނެވެ. މުސްލިމުން ކަމަށް ބުނަމުން ކީރިތި ޤުރްއާނަށް ޢަމަލުނުކުރާނަމަ އޮތީ ކޮން އިސްލާމްކަމެއްތޯއެވެ؟

އެ ޤައުމެއްގެ ޤާނޫނު އަސާސީގައި ދައުލަތުގެ ދީނަކީ އިސްލާމްދީން ކަމަށް އޮވެފައި އެ ޤައިމެއްގައި އެހެން ދީންތައް ފެތުރުމަކީ މަނާކަމެއްކަމަށް ބަޔާންކޮށްފައި ހަމަ އެޤައުމުގައި އެހެންދީންތައް ފަތުރަން ފުރުޞަތުދޭނަމަ، ކީރިތި ޤުރްއާނުގައި ބަޔާންވެގެންވާ ކަންކަމާއި ދެކޮޅަށް، ޚިލާފަށް ސަރުކާރުން ޢަމަލުކުރާނަމަ، ﷲ ތަޢާލާ ޙަރާމްކުރައްވަވާފައިވާ ކަންކަން ދައުލަތުން ހުއްދަކޮށް ޙަލާލުކުރާނަމަ ޤާނޫނީ ގޮތުންވެސް ދައުލަތުން އެކުރަނީ އެންމެ ބޮޑު ކުށްތައްކަމުގައި ނުވާންވީ ސަބަބެއް ނިކަން ބަޔާންކޮށްދީބަލާށެވެ! 

މިއަދު މިދިވެހި ދައުލަތުގެ ޙާލަތަކީ ދިވެހި ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރަން ހަދާފައިވާ ޤާނޫނަށް ޢަމަލުކުރަނީ ޝައިޚުންނަށް އަދަބުދޭށެވެ. ރޭގަނޑު ދަންވަރު ވިޔަސް ޙައްޤު ބަޔާންކުރައްވާ ޝައިޚުންނަށް ފިޔަވަޅު އަޅައެވެ. 

އެހެން ދީންތަކަށް ފައުޅުގައި އަޅުކަންކޮށް އެހެން ދީންތައް ފަތުރަން މަސައްކަތްކުރީމާ ބޮޑުވަރަކަށް ކުރާ ކަމަކީ މައްސަލަ ބަލަން އެންގުމާ މައްސަލަ ބަލާކަމަށް ބުނުމެވެ. އަޅާ ފިޔަވަޅެއް ނެތެވެ. މައްސަލަ ބަލާކަމަށް ފުލުހުން ބުނާ ކަންކަމަށްވާގޮތެއް ނުއެނގެއެވެ. އެޅި ފިޔަޅެއް ނުއެނގެއެވެ. 

ތިރީގަ އެވަނީ ތަކުރާރުކޮށް ސުވާލުކުރުމުންވެސް ފުލުހުން ޖަވާބު ނުދީ ހިފަހައްޓަމުން ގެންދާ ސުވާލުތަކުގެ ތެރެއިން ބައެއް ސުވާލުތަކެވެ. 

1 މީހުން ދިރިއުޅޭ ރަށެއްގެ މަގުމަތީގަ ހިންދޫ ދީނަށް އަޅުކަންކުރި މައްސަލަ ބަލައި ނިންމީ ކިހިނަކުންތޯ؟ އެޅި ފިޔަވަޅަކީ ކޮބައިތޯ؟ 

2 ހުޅުމާލޭގަ ހިންދޫ ކަލާނގެއެއްގެ ބޯޑު ޖަހައިހިންގި ކަންކަމުގެ މައްސަލަ ބަލައި ނިންމީ ކިހިނަކުންތޯ؟ އެޅި ފިޔަވަޅަކީ ކޮބައިތޯ؟ 

3 އައްޑޫސިޓީގެ މަގުތައް ހެދުމުގެ މަޝްރޫޢު ފަށަމުން ހިންދޫ ކަލާނގެތަކަށް އަޅުކަންކުރި މައްސަލަ ބަލައި ނިންމީ ކިހިނަކުންތޯ؟ އެޅި ފިޔަވަޅަކީ ކޮބައިތޯ؟ 

4 އިސްލާމީ މަރުކަޒުގެ ގޯތިތެރެއަށް ޤަޟާ ޙާޖާތްކުރި އިންޑިއާ މީހާގެ މުއްދަތު ޖަހަން ކޯޓަށް ގެންދިއައިރު ބަޔާން ފުރިހަމަނުކޮށް އޭނާ މިނިވަންވާނެ ގޮތަށް ބަޔާން ހުށަހަޅައިދިން ފުލުހުންނަށް އެޅީ ކޮން ފިޔަވަޅެއްތޯ؟ 

5 ބަރުބަރީ މިސްކިތުގަ އޮތް އަގުބޮޑު މެޓް ވަގަށް ނެގިމީހާއާއި ނުއަގުގަ ގަތް މީހާ ފުލުހުންނަށް އެނގޭއިރު، ފުލުހަށް ޙާޒިރުކޮށް ބަޔާންވެސް ނަގާފައިވާއިއރު އެދެމީހުންގެ މައްޗަށް ދަޢުވާކުރަން ފޮނުވައިފިތޯ؟ 

މީގެ އިތުރުން ބަރަހަނާ ފޮޓޯ ނަގައި މީސްމީހުންނަށް ފޮނުވުމަކީ ހުއްދަކަމެއް ކަމަކަށް އޭޖީ އިން ކަނޑައެޅި މައްސަލަ ބަލައި ނިންމި ގޮތެއްވެސް ވަނީ ނުއެނގިފައެވެ. 

މިއިން އެއްވެސް މައްސަލައެއްގެ ޙުކުމް އެއްވެސް ކޯޓަކުން ނިންމި ގޮތުގެ މަޢުލޫމާތު އަދި މިހައިތަނަށް ލިބިފައެއް ނުވެއެވެ. ދިވެހިންގެ ދީނީ އެއްބައިވަންތަކަން ޙިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން އެޅި ފިޔަވަޅެއްވެސް އެނގޭކަށް ނެތެވެ. މިބާވަތުގެ ކަންކަމުގައި ސުވާލުކުރަން ގުޅާތީ އިސްލާމިކް މިނިސްޓްރީގެ ވެރިން ފޯނެއް ނުނަގައެވެ.

 

<blockquote class="twitter-tweet"><p lang="dv" dir="rtl">ކީރިތި ޤުރްއާނަށް ތައުހީނު ކުރެވޭއިރު އެކަމަށް އިންކާރު ކުރުމަކީ ކޮންމެ މުސްލިމެއްގެ ބޮލުގައި އެޅިފައިވާ ޒިންމާއެއް. <a href="https://t.co/6r767QWlSU">pic.twitter.com/6r767QWlSU</a></p>&mdash; Dr.Mohamed Iyaz (@dr_iyaz) <a href="https://twitter.com/dr_iyaz/status/1616999291402489856?ref_src=twsrc%5Etfw">January 22, 2023</a></blockquote> <script async src="https://platform.twitter.com/widgets.js" charset="utf-8"></script>

 

މިއަދު އޮންލައިން