ކީރިތި ޤުރުއާނުގެ ބައެއް ސޫރަތްތައް ފެށުމުގައިވާ ا ل م މިފަދަ އަކުރުތަކުގެ މާނައާމެދު ޢިލްމްވެރިންގެ ބަސްފުޅު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 1ސ
ކީރިތި ޤުރުއާނުގެ ބައެއް ސޫރަތްތައް ފެށުމުގައިވާ ا ل م މިފަދަ އަކުރުތަކުގެ މާނައާމެދު ޢިލްމްވެރިންގެ ބަސްފުޅު!

ކީރިތި ޤުރުއާނުގެ ބައެއް ސޫރަތްތައް ފެށުމުގައިވާ (الم) އަދި މިނޫނަސް މިފަދަ އަކުރުތަކުގެ މާނައަކީ ކޮބާ ހެއްޔެވެ؟ އެއާޔަތްތަކާމެދު ޢިލްމުވެރިންގެ ބަސްފުޅަކީ ކޮބާ ހެއްޔެވެ؟ 

الحمد لله 

"މިފަދައިން އައިސްފައިވާ އަކުރުތަކުގެ ތަފްސީރުގައި ހަތަރު ޚަލީފާއިންނާ އަދި އެނޫންވެސް ބައެއް ޞަޙާބީ ބޭކަލުންނާއި ތާބިޢީ ބޭކަލުންނާ އަދި އަތުބާޢުއް ތާބިޢީންގެ ބޭކަލުން އެއްޗެއް ވިދާޅުނުވެއެވެ. އަދި ނަބިއްޔާ صلى الله عليه وسلم މިފަދަ އާޔަތެއް ތަފްސީރުކުރެއްވިކަމަށް ޘާބިތުވެފައި ނުވެއެވެ. އެހެންކަމުން މިކަމުގައި އަޅުގަނޑުމެންނަށް އެންމެ ރަނގަޅުވާނީ: "މިކަން މޮޅަށް ދެނެވޮޑިގެންވަނީ ﷲ" މިފަދައިން ބުނުމެވެ. 

އެހެނަސް ބައެއް ޞަޙާބީ ބޭކަލުންނާއި ތާބިޢީ ބޭކަލުންނާއި ތަބަޢުއް ތާބިޢީނެގެ ބޭކަލުންވެސް މިއާޔަތްތައް ތަފްސީރުކުރެއްވިއެވެ. އެބޭކަލުންގެ މެދުގައި އޭގެ ތަފްސީރާ މެދުވަނީ ޚިލާފުވެފައެވެ.” [الصحيح المسبور من التفسير بالمأثور للدكتور/ حكمت بشير ، ج/1 ص/94] 

އެއާއެކު މިއަކުރުތަކުގެ ޙިކުމަތް ބައެއް ޢިލްމުވެރިންވަނީ ބަޔާންކުރައްވާފައެވެ. 

"މީގެ މުރާދު މޮޅަށް ދެނެވޮޑިގެންވަނީ ﷲ ތަޢާލާއެވެ. ހަމަކަށަވަރުން ސޫރަތްތައް މިއަކުރުތަކުން ފެށުމުން، އޭގެން ބަޔާންކުރައްވާފައި އެވަނީ ކީރިތި ޤުރުއާނުގެ މުޢުޖިޒާތެކެވެ. އަދި ހަމަކަށަވަރުން މަޚްލޫޤުންނަށް އެފަދަ އަކުރުތަކެއް ގެނެސްގެންވެސް ޤުރުއާނާ ދެކޮޅު ނުހެދޭކަން ކަށަވަރެވެ. އެއީ ވާހަކަދެއްކުމުގައި އެބައިމީހުން ބޭނުންކުރަމުން އައި އަކުރުތަކަށް ވީހިނދުގައިވެސްމެއެވެ." މިއީ ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ رحمه الله އާއި އަބުލް ޙައްޖާޖު އަލްމިއްޒީ رحمه الله ބުރަވެވަޑައިގެންފައިވާ ބަސްފުޅެވެ.

وبالله التوفيق وصلى الله على نبينا محمد وآله وصحبه وسلم.” [ސުޢޫދީ ޢަރަބިއްޔާގެ ފަތުވާދޭ ދާއިމީ ކޮމިޓީ (ج: 4، ص:144)]

މަސްދަރު: ދިސަލަފިއްޔާ 

 

މިއަދު އޮންލައިން