الحمد لله والصلاة والسلام على رسول الله وبعد :
ސާޅީސް ދުވަސްވުމުގެ ކުރިން ނިޔަފަތިކެނޑުން ވާޖިބުވެގެންވެއެވެ. އެހެނީ ނިޔަފަތި ކެނޑުމަށާއި ކުރިމަތީފަރާތު އިސްތަށިތައް ބޭލުމަށާއި ކިހިލިފަތްދަށުގައިވާ އިސްތަށިއުފުރުމަށާއި އަދި މަތިމަސްކުރުކުރުމަށް، ރަސޫލާ صلى الله عليه وسلم މީސްތަކުންނަށް ވަޤުތު ކަނޑައަޅުއްވާފައިވަނީ ސާޅީސްދުވަހެއެވެ. އެއީ ސާޅީސްދުވަހަށްވުރެ އިތުރަށް އެކަންތައްތައްނުކޮށް ދޫނުކޮށްލުމަށެވެ. (1) މިފަދައިން ޞަޙީޙު މުސްލިމުގައި (258) ނަބިއްޔާ صلى الله عليه وسلم ގެ އަރިހުން ޘާބިތުވެފައިވެއެވެ.
(1) މިކަންކުރުމުގެ އެންމެ ކުރުމުއްދަތު ޞަރީޙަދަލީލަކުން ޘާބިތުވެފައިވާކަން އެނގޭކަށްނެތެވެ. ނަމަވެސް ޙާޖަތްޖެހޭ މިންވަރުން މިކަންކަންކުރުން އެދެވިގެންވެއެވެ. އެހެނީ އެކިމީހުންގެ ހަށިގަނޑުގައި މިތަކެތި ދިގުވާ މުއްދަތު ތަފާތެވެ. ބައެއްމީހުން ހަފްތާއަކު އެއްފަހަރަކު މިކަންކަންކުރަންޖެހޭއިރު އަނެއްބަޔަކު ދިހަދުވަހުން އެއްފަހަރުމިކަންތައްތައް ކުރަން ޖެހިދާނެއެވެ.
ފަހެ ފިރިހެނުންނާއި އަންހެނުންގެ މައްޗަށް ވާޖިބުވެގެންވަނީ މިކަންކަމަށް ސަމާލުވުމެވެ. އަދި ނިޔަފައްޗާއި މަތިމަހާއި ކުރިމަތިފަރާތުގެ އިސްތަށިތަކާއި އަދި ކިހިލިފަތްދަށުގެ އިސްތަށިތައް ސާޅީސްދުވަހަށްވުރެ އިތުރަށް ދޫކޮށްނުލުމެވެ.
ނިޔަފަތީގެ ދަށުގައި ހުންނަ ހަޑީގެ ސަބަބުން ވުޟޫ ޞައްޙަވުން މަނާވެދާނެ ހެއްޔެވެ؟
ނިޔަފަތީގެ އަޑީގައި ހަޑިއެއްހުރިނަމަވެސް ވުޟޫ ޞައްޙަވާނެއެވެ. ބާޠިލެއްނުވާނެއެވެ. އެހެނީ އެއީ ޢަފޫކުރެވިގެންވާ މަދުމިންވަރެކެވެ.
ސަމާޙަތުއްޝައިޚު ޢަބްދުލްޢަޒީޒު ބުން ބާޒު رحمه الله
مجموع فتاوى ومقالات متنوعة لسماحة الشيخ ابن باز رحمه الله (10 / 50)
މަސްދަރު: ދިސަލަފިއްޔާ