މައިކްރޯސޮފްޑް ވޯޑުން ލިޔާއިރު ﷺ ލިޔާނެ ފަސޭހަގޮތެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
މައިކްރޯސޮފްޑް ވޯޑުން ލިޔާއިރު ﷺ ލިޔާނެ ފަސޭހަގޮތެއް!

"އަޅުގަނޑަކީ ޢަރަބި ފޮންޓުން ލިޔަން ފަސޭހަ މީހެއް ނޫނެވެ. ނަމަވެސް ދަރިވަރުންނަށް ފިލާފަޅުތައް ލިޔާއިރުގައާއި އެހެންވެސް ބައެއް ލިޔުންތަކުގައި މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމަ ވަރަށް ގިނައިން ލިޔަންޖެހެއެވެ. އެކަމަށް ފަސޭހަ ގޮތެއް އޮންނަ ވާހަކަ އަޑުއަހަމެވެ. އެގޮތެއް އަޅުގަނޑަށް ވިދާޅުވެދެއްވިދާނެތޯއެވެ؟" 

ޖަވާބަކީ އެކަމަށް ވަރަށް ފަސޭހަ ގޮތެއް އެބައޮތެވެ. ތިރީގައިވާ ލިޔުމުން އެނގިވަޑައިގަންނަވާނެ ކަމަށް އުންމީދުކުރަމެވެ. 

މައިކްޜޮސޮފްޓް ވޯޑުން ލިޔަމުން ގެންދާއިރު މުޙައްމަދުގެފާނު، ރަސޫލް ގެ ނަންފުޅު ލިޔާއިރު އެކަން ކުރެވޭނެ އެންމެ ފަސޭހަ ގޮތަކީ ނަންފުޅު ލިޔެފަ އިނގިރޭސިއަކުރުން fdfa ލިޔެފަ ޢޯލްޓް އަދި އެކްސް އަކުރަށް އެއފަހަތާ ފިއްތައިލުމެވެ. އެއިރުން އަށް އަމިއްލައަށް ބަދަލުވެގެންދާނެއެވެ. 

ދިވެހިބަހުން ލިޔަމުން ގެންދާއިރު އެކަންކުރަންވުމުން އިނގިރޭސިއަށް ކީބޯޑް ބަދަލުކޮށްލާށެވެ. އެއްފަހަރު އެގޮތަށް ބަދަލުކޮށްގެން ލިޔުމަށްފަހު ކޮޕީ ޕޭސްޓް ހަދަމުން ގެންދިއުމުން ކޮންމެފަހަރަކު ކީބޯޑް ބަދަލުކުރާކަށް ނުޖެހޭނެއެވެ. 

މައުލޫމާތު: މުޙައްމަދު ޢާޞިފް (މޮންދު)

މިއަދު އޮންލައިން