މިކުއްޖާގެ ކިޔެވުން ހާދަފުރިހަމައެވެ! މާޝާﷲ! ތިބާގެ ދަރިފުޅު މިހާރީތިކޮށް ކިޔަވާނަމަ އުފާނުކުރާނަން ހެއްޔެވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 3ސ
މިކުއްޖާގެ ކިޔެވުން ހާދަފުރިހަމައެވެ! މާޝާﷲ! ތިބާގެ ދަރިފުޅު މިހާރީތިކޮށް ކިޔަވާނަމަ އުފާނުކުރާނަން ހެއްޔެވެ؟

ކީރިތި ޤުރްއާނާއި ގާތްވުމުގެ ތެރެއިން އެއްބައަކު އިން ޝާ ﷲ ސުވަރުގެ ވަންނަމުންދާއިރު އެއިގެތެރެއިން ވެސް އެންމެ ކާމިޔާބު، އަދި އެންމެ ފަސޭހައިން ކާމިޔާބުކުރެވެން އޮތީ ތަޖްވީދުމަގުން ރިވެތިކޮށް ކިޔެވުމާއި ހިތުދަސްކޮށްގެން ޙާފިޡަކަށްވުމެވެ. 

ޤުރްއާނުގެ އަހުލުވެރިންނަށް ބުނެވޭނެތެވެ. "ތިބާއަށް އެނގޭ މިންވަރުން ކިޔަވަމުން ސުވަރުގޭގެ މަތީ ދަރަޖަތަކުން އަރައިގެންދާށެވެ." އެފަދއިން ބުނެވިއްޖެ މީހާ ކިޔަވަމުން ހަމަ އަރައިގެންދާންވީއެވެ. ހުއްޓުވާނެ ފަރާތެއް ނުވާނެއެވެ. އަމިއްލައަށް ސުވަރުގޭގެ އެންމެ މަތީ ދަރަޖައަށް އަރައިގެންދިއުމުގެ ފުރުޞަތު ލިބުމަށްވުރެ ބޮޑު ނަޞީބަކީ ކޮބައިހެއްޔެވެ؟ 

ލިޔުމުގައިވާ ވީޑިއޯގައި ކިޔަވާ ކުއްޖާގެ ކިޔެވުން އަޑއައްސަވައިލައްވާށެވެ. ވީޑިއޯއަށް ބައްލަވައިލެއްވުމުން ޔަޤީންވެގެންދާނީ އެއީ އެފްރިކާގެ ފަޤީރު ސަރަޙައްދެއްގެ ކުއްޖެއްކަމެވެ. އަޅުގަނޑުމެންނަށް ﷲ ތަޢާލާ ތަނަވަސްކަން ދެއްވެވުމުން އަޅުގަނޑުމެންގެ ދަރިންނަކީ މިފަދަ ވަރުގަދަ ބަޠޮލުންނަށް ހަދަން އެކަށީގެންވާ ވަރަށް މަސައްކަތް އެބަކުރެވޭ ހެއްޔެވެ؟ 

އެކަން ނުކުރެއްވޭ ބެލެނިވެރިންނަށް ވިސްނިލައްވައިފިނަމަ، ހިތްވަރު ލިބިވައްވައިފިނަމަ އަލްޙަމްދުލިﷲ 

- ގުޅުންހުރި ވީޑިއޯ ބައްލަވައި އަޑުއައްސަވާލެއްވުމަށް:

 

 

 

 

މިއަދު އޮންލައިން