ނިކަން ވިސްނަވާލަބައްލަވާށެވެ! ވިއްސާރަވުން ފަދަ ހުކުރު ނަމާދު ކުރުކުރަންޖެހޭ ސަބަބެއް ނެތިވެސް ހުކުރުނަމާދުގައި އިޚްލާޞް، ފަލަޤް ސޫރަތް ކިޔަވާލައި ކުރުކޮށްލާފައި މިސްކިތުން ފައިބައިގެންދާތަން ފެނުން ޢާންމުވެއްޖެއެވެ. ރާއްޖޭގައި ކޮރޯނާގެ ނުރައްކަލެއް ނެތްނަމަވެސް ހީވަނީ އެއިމާމުން ނަމާދަށް ޙަރަމް ބަނުމުން ކޮރޯނާތައް އައިސް ވަށާލައިގެން ސަލާމަތް ނުވެވިގެން އުޅޭހެންނެވެ. އެއިމާމުން އެގޮތަށް އަވަސްއަރުވާލަނީ ބަނޑުކައްކާތީ ނޫންކަން އެނގެނީ ފައިބައިގެން މިސްކިތުގެ ފާޚާނާއަށްދާތަން ނުފެންނާތީއެވެ.
އެކަމަށް ކަންބޮޑުވާ ބައެއް މީހުން ބުނަނީ ހުކުރުނަމާދު އެހައިކުރުކޮށްލުމުން ހުކުރުނަމާދުކުރެވުނުކަމުގެ ހިތްހަމަޖެހުން ނުލިބޭ ކަމަށެވެ.
މިދުވަސް މިހެން އަންނާނެކަން މިއޮތީ މާކުރިންސުރެ އެނގޭށެވެ.
ﷲ އެބޭކަލަކަށް ރުއްސުންލެއްވި ޢަބްދުﷲ ބިން މަސްޢޫދު ވިދާޅުވެފައިވެއެވެ.
"މީސްތަކުންގެ މައްޗައް ޒަމާނެއް އަންނާނެއެވެ، އެޒަމާނުގައި ޤުރުޢާން ދަންނަ ފިޤުހުވެރިންނަކީ މަދުބައެއް ކަމުގައި ވާނެއެވެ. އަދި ޤުރުއާން ކިޔަވާ ޤާރީން ނުހަނު ގިނަވާނެއެވެ، އެޒަމާނުގައި ޤުރުއާނުގެ އަކުރުތައް ހިތުން ދަސްކޮށް އޭގައިވާ ޝަރުޢީ ޙައްދުތައް ތަންފީޛު ނުކޮށް ފަރުވާކުޑަކޮށް ދޫކޮށްލާނެއެވެ.
އެޒަމާނުގައި ސަލާންޖަހާ މީހުން ގިނަވާނެއެވެ. އެހެންނަމަވެސް އެ ފަޤީރުންނަށް އެތިކޮޅެއް ދިއްކޮށްލާމީހުން މަދުން ނޫނީ ނުވާނެއެވެ،
އެޒަމާނުގައި އެބައިމީހުން ދޭ ޚުޠުބާތަށް ދިގުވާނެއެވެ.
އަދި އެބައިމީހުންގެ ނަމާދު އެހާމެ ކުރު ކުރާނެއެވެ، އެބައިމީހުންގެ ޢަމަލުތަކުގެ ކުރިން ހަވާނަފްސު އެބައިމީހުން އިސްކުރާނެއެވެ. ."
މުވައްޠައު އިބްނު މާލިކް
--މިއަދުނޫޙުގެ ކިޔުންތެރިއަކު ހިއްޞާކޮށްފައިވާ ލިޔުމެއް