ދަރިފުޅު ގެންގުޅޭ ފޯނު ބަލަން އުޅުމުން "އިތުބާރު ނުކުރަނީތޯ؟" ދަރިފުޅު ސުވާލުކޮށްފިނަމަ ދޭންވީ ޖަވާބު-: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ދަރިފުޅު ގެންގުޅޭ ފޯނު ބަލަން އުޅުމުން "އިތުބާރު ނުކުރަނީތޯ؟" ދަރިފުޅު ސުވާލުކޮށްފިނަމަ ދޭންވީ ޖަވާބު-: މުފްތީ މެންކް

އަތުގައި ސްމާޓް ފޯނެއް ނެތްނަމަ އެމީހަކީ ދުނިޔޭގައި އުޅޭ މީހަކަށް ނުވާ ޙާލަތަށް ކަންކަން ދިއުމުން ދަރިންގެ އަތަށް ފޯނު ދޭ ޢުމުރުވެސް ވަރަށް ބޮޑަށް ހަގުވެއްޖެއެވެ. އެގޮތުން ފޯނުގައި ހުންނަ ފިއްތަކަށް އޮއްބައިނުލެވޭވަރުގެ ނުވަތަ މިފިއްތެނީ ކީއްކުރަން ފިއްތަންޖެހޭ ފިތަކަށްކަން ނުއެނގޭ އުމުރުގެ ކުޑަކުދިންގެ އަތަށްވެސް ފޯނު އެބަދެއެވެ.  

ދެން ފުރާވަރުގެ ކުއްޖެއްގެ އަތަށް ފޯނުދީފައި އޮންނައިރު އެއިންކުރާ ބޭނުމެއް ބަލަން އުޅެފިނަމަ "މަންމަ ތިމަންނައަށް އިތުބާރުނުކުރަނީތޯ؟" އެބަ ސުވާލުކުރެއެވެ. އެފަދަ ސުވާލެއް ކޮށްފިނަމަ ޖަވާބުގައި ބުނާށެވެ! "ނޫނެކެވެ! ދަރިފުޅަށް ވަރަށް ބޮޑަށް އިތުބާރުކުރަމެވެ. ނަމަވެސް ޝައިޠޯނާއަކަށް އިތުބާރެއް ނުކުރަމެވެ."

އެޙިސާބުން ދަރިފުޅުބުނާނެއެވެ. "ވާހަކަ މިދައްކަނީ ފްރެންޑަކާ އެވެ." އެކަމަކު ދާދި އަވަހަށް އެ ފްރެންޑުގެ ކޮޅަށް ދަރިފުޅު އޮންނަނީ ލެނބިފައެވެ. މައިންބަފައިންނަށްވުރެ ފްރެންޑް މުހިންމުވެފައެވެ. މައިންބަފައިންނަށް މަކަރުހަދައި އޮޅުވާލާފައި ފްރެންޑް ބުނާ ގޮތަށް ކަންކަން ކުރަން ފަށައެވެ.

ވީމާ މައިންބަފައިންނަށް އޮތީ ދަރިފުޅުގެ އަތަށް ފޯނު ނުދިނުމެއް ނޫނެވެ. ފޯނު ނުދީ މިއަދު ފުއްދޭކަށް ނެތެވެ. ކުރަން އޮތްކަމަކީ ފޯނުން ދަރިން ކުރާކަންކަން ބަލައި އޮޅުންފިލުވުމެވެ. ހަމައެއާއިއެކު ފޯނުން ރަނގަލު ބޭނުންތައް ކުރަން ދަރިން އަހުލުވެރިވުމެވެ. ފޯނު ބޭނުންކުރާ ގޮތަށް ފާރަވެރިވުމެވެ.

- މުފްތީ މެންކުގެ ދަރުސަކުން

 

 

މިއަދު އޮންލައިން