ދަތިތަކުން އަރައިގަންނަން އެދޭމީހާ މައިންބަފައިންނަށާ އަނބިދަރިންނަށް ހެޔޮކޮށްހިތުން އިތުރުކުރާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 7ސ
ދަތިތަކުން އަރައިގަންނަން އެދޭމީހާ މައިންބަފައިންނަށާ އަނބިދަރިންނަށް ހެޔޮކޮށްހިތުން އިތުރުކުރާށެވެ!

ބައެއް މީހުންނަށް ޤަބޫލުކުރެވެނީ ބޮޑު ފާފައެއް ނުކުރާނަމަ އެހުރެވެނީ ފާފައެއް ނުކޮށް ކަމަށެވެ. އެއީ އެހެން އޮތްކަމެއް ނޫނެވެ. ތިމާގެ އަނބިދަރިންނަށާއި މައިންބަފައިންނަށް ހެޔޮކޮށް ނުހިތުމަކީ ވެސް ފާފައެކެވެ! ރަޙިމުގެ ގުޅުން ނުދެމެހެއްޓުމަކީވެސް ފާފައެކެވެ. އެއްވެސް މީހަކާއިމެދު ބޭއިންޞާފުން ކަމެއް ކުރުމަކީވެސް ފާފައެކެވެ. އެހެން މީހުންގެ ޙައްޤުތައް އަދާނުކުރުމަކީވެސް ފާފައެކެވެ. 

ހިތާމައަކީ މިފަދަ ކަންކަމަކީ ކުރެވޭ ފާތައްކަމަށް ޤަބޫލުވެސް ނުކުރެވޭ ކަމެވެ. ތިބާކުރާ ހުރިހާ އަމަލުތަކެއް ﷲ ތަޢާލާ ބައްލަވައިވޮޑިގެންވެއެވެ. ދަތިތައް ކުރިމަތިވާނަމަ މިބުނި މަގުން ވިސްނައިލާށެވެ! އިޞްލާޙްކުރަންޖެހޭ ކަންކަން އިޞްލާޙްކޮށްލާށެވެ! ދަތިތައް ފިލައި ގޮސް އުފާވެރިކަން ލިބޭނެއެވެ. އިން ޝާ ﷲ

ގިނަ ބައަކު އަބަދުހެން ކަންބޮޑުވެގެން އުޅެނީ ކޮންމެ ދުވަހަކުހެން އެމީހުންނާއި ތަފާތު ދަތިތައް ކުރިމަވަމުން އަންނާތީއެވެ. ނަމަވެސް އެއީ ކަންބޮޑުވެ މާޔޫސްވާންޖެހެންވީ ކަމެއް ނޫނެވެ. އުފާކުރަންޖެހޭނެ ކަމެކެވެ. 

އެހެނީ ދަތިތައް ކުރިމަތިވާނަމަ ﷲ ތަޢާލާ ތިބާއަށް އެ އަންގަވަނީ ތިބާގެ އަމަލުތަކުގެ މިސްރާބު ސީދާކުރުމަށެވެ. ފާފަތައް ކުރުމާއި ދުރުހެލިވެ ހެޔޮ އަމަލުތައްކުރުން ގިނަކުރުމަށެވެ. އެހެން މީހުންނަށް ހެޔޮކޮށް ހިތައި އޯގާތެރިވުން އިތުރުކުރުމަށެވެ. ތިމާގެ ބެލެނިވެރިކަމުގެދަށުގައި ތިބި މީހުންނަށް ހެޔޮކޮށް ހިތުން އިތުރުކުރުމަށެވެ. ރަޙިމުގެ ގުޅުން ދަމަހައްޓަން އިތުރަށް މަސައްކަތްކުރުމަށެވެ. ރަޙިމުގެ ގުޅުން ކަނޑައިގެން ހިނދުކޮޅަކަށްވެސް ނުހުރުމަށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން   

މިއަދު އޮންލައިން