މެހްމާނުންނަށް ދުނިޔޭގަ މެހްމާންދާރީ އަދާކުރާ ފަދައިން މަރުވެގެން ވަޅުލެވޭ ހެޔޮލަފާ މީހުންނާއިމެދުގަ ކުރިން ވަޅުލެވިފަތިބި މީހުން ކަންތައް ކުރެއެވެ!: ޑރ. ޔާސިރު ޤާޟީ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 21ސ
މެހްމާނުންނަށް ދުނިޔޭގަ މެހްމާންދާރީ އަދާކުރާ ފަދައިން މަރުވެގެން ވަޅުލެވޭ ހެޔޮލަފާ މީހުންނާއިމެދުގަ ކުރިން ވަޅުލެވިފަތިބި މީހުން ކަންތައް ކުރެއެވެ!: ޑރ. ޔާސިރު ޤާޟީ

މަރުވެގެން ވަޅުލެވޭ ހެޔޮލަފާ މީހުން ވަޅުލެވުމުން އެމީހުންނާއި ބައްދަލުކޮށް (ދުނިޔޭގައި އަހަރެމެން ވެސް ދުރު ދަތުރުކޮށްފައި އަންނަ މީހުންނަށް މެހްމާންދާރީ އަދާކުރާ ފަދައަކުން) ކުރިން ވަޅުލެވިފައިވާ މީހުން މެހްމާންދާރީގެ ކަންކަން ކުރާނެތެވެ. 

މިޘާލަކަށް ދުރު ދަތުރެއްކޮށްފައި އަންނަ މީހުންނަށް މެހްމާންދާރީ އަދާކުރާއިރު ފުރަތަމަވެސް ދެނީ އެމީހަކު ވަރުބަލިފިލުވައިލާނެ ވަގުތުކޮޅެކެވެ. ބައްދަލުކޮށް ކަންކަން ކުރިއަށް ގެންދަނީ އޭނާގެ ވަރުބަލިކަން ފިލުމުންނެވެ. ހަމައެފަދައިން އަލަށް ކައްވަޅަށް އައި މެހްމާނުންނަށް ކަންކަން ކުރާނެތެވެ. 

އެއްބައަކު ދުނިޔޭގެ ޚަބަރުތަކުން އެމީހާއާއި ސުވާލުކުރަންފެށުމުން އަނެއްބައަކު ބުނާނެއެވެ. "ދުނިޔޭގެ ހަލަބޮލިކަމުން ނުކުމުގެން އަދިކިރިޔާ އޭނާއަށް އެއައުދެވުނީއެވެ. އޭނާ ވަރުބަލި ފިލުވައިލަން ވަޤުތުކޮޅެއް ދޭށެވެ. ވަޤުތުކޮޅެއްދިނުމަށްފަހު ދުނިޔޭގެ ކަންކަމުން އެމީހުން ސުވާލުކުރާނެތެވެ. އެމީހުންގެ ހަނދާނުގައި ހުންނަ އެމީހުންގެ ގާތް މީހުން ކޮބައިތޯ ސުވާލުކުރާނެތެވެ. 

އެގޮތުން ސުވާލުކުރެވޭ މީހަކު ކުރިން މަރުވެފައިވާކަމަށް ބުނެފިނަމަ އެމީހުން ބުނާނެތެވެ. "އޭނާ އަހުރެމެންނާއި ބައްދަލު ނުވީ އަނެއް ފަރާތަށް (ކާފިރުންގެ ފަޅިއަށް) ދާންޖެހުނީމައިތާއެވެ." އެހެނީ ވަޅުލެވޭ ކާފިރުންނަށް މުސްލިމުންނަށް ދެއްވަވާ މި ޢިނާޔަތްތަކެއް ނުދެއްވަވަތެވެ. 

އަދިވެސް އެއްކަމެއް ފާހަގަކޮށްލާނަމެވެ. މިކަންކަމުން އެނގިގެންދަނީ ހެޔޮލަފާ މީހުންވެސް މަރުވުމުން ދުނިޔެއާއި ގުޅުން ކެނޑިގެންދާކަމެވެ. ދުނިޔޭގައި ހިނގާ ކަންކަން އެމީހުންނަށް ނުއެނގޭނެ ކަމެވެ. ﷲ ތަޢާލާ އެމީހަކަށް އަންގަވައިދެއްވެވި ކަމެއް މެނުވީއެވެ. ވީމާ ކިތަންމެ ހެޔޮލަފާ މީހަކު ނަމަވެސް މަރުވުމަށްފަހު ދުނިޔެއަށްއައިސް ކަންކަން ކުރެވޭނެ ކަމަށް ޤަބޫލުކުރުމެއް ނެތެވެ.

 

- ޑރ. ޔާސިރު ޤާޟީގެ ދަރުސަކުން

 

 

މިއަދު އޮންލައިން