ވުޟޫކޮށްގެން ހުއްޓައި ދެދޮރުންކުރެ ދޮރަކުން ނޫން ހަށިގަނޑުގެ ތަނަކުން ލޭ އައުމަކުން ވުޟޫއެއް ނުގެއްލޭނެއެވެ. އެއީ ވުޟޫ ގެއްލޭ ކަންތައްތަކުގެ ތެރޭގައި ހިމެނޭކަމެއް ނޫނެވެ. އަދި އެގޮތަށް ނުކުންނަ ލޭފޮދެއް އަދި ދޮސްފޮދެއްވިޔަސް ފޭރާމުގައި ޖެހުމަކުންވެސް ނަމާދު ބާޠިލެއް ނުވާނެއެވެ.
އެގޮތަށް ބުރަވެވަޑައިގަންނަވާ ޢިލްމުވެރިންގެ ތެރޭގައި އިމާމް މާލިކް ރަޙިމަހުﷲ، އިމާމް ޝާފީ ރަޙިމަހުﷲ، ޝައިޚުލްއިސްލާމް އިބްން ޘައިމިއްޔާ ރަޙިމަހުﷲ ހިމެނިވަޑައިގަންނަވައެވެ.
ސަޖުދައިގައި ވަނިކޮށް މޫނުގައި ބިހި ނަގާފައި ހުންނަ މީހެއްގެ މޫނުން ބިއްސެއްވެސް ފެޅިދާނެއެވެ. ބޭސް އަޅައި ބެންޑޭޖްކޮށްގެން ހުއްޓައިވެސް ފާރުކޮޅަކުން ލޭ އައުން ފަދަ ކަމެއްވެސް މެދުވެރިވެދާނެއެވެ.
ކީރިތި ރަސޫލާ ﷺ ގެ ޒަމާނުގައި މުސްލިމުން އެމީހުންގެ ޒަޚަމްތަކާއެކުވެސް ހަނގުރާމައިގެ މައިދާނުގަ ނަމާދު ކުރަމުން ގެންދިއައެވެ.
- ގުޅުންހުރި ލިޔުން: އިސްލާމް ކިޔޫއޭ