މިއަދު ކޮންމެ މީހަކުވެސް މިބުނަނީ ތިމަންނާ މިއުޅެނީ ހުރިހާ ޙައްޤުތަކެއް ލިބިގެންކަމަށާއި އެކުގައި އުޅޭނެ މީހުންނާއި އެކުގައި ގެންގުޅޭނެ މީހުންވެސް އެނގޭނީ ހަމަ ތިމާއަށް ކަމަށެވެ. އެކަންކަން ކަނޑައެޅުމަކީ ތިމާއަށް ލިބިގެންވާ ޙައްޤެއް ކަމަށެވެ.
އެހެން ބުނާ މީހާއަށް އެބައި ދޫކޮށްލަމާ ހިނގާށެވެ! ހަމަ މިމައްސަލައިގައި ޞަހާބީ ބޭކަލުންގެ ތެރެއިން އަރާހުންނެވި އަބޫޛައްރު ވިދާޅުވަނީ ކީކޭތޯ ބަލައިލަމާހިނގާށެވެ!
އަބޫ ޛައްރު ވިދާޅުވިއެވެ. "ތިބާއަށް ފެންނަ މީސްތަކުންގެ ގިނަކަމާއޭ! ނަމަވެސް، އެބައިމީހުންގެ ތެރެއިން ތަޤްވާވެރިވެއްޖެ، ނުވަތަ، ތައުބާވެއްޖެ މީހެއްގެ ކިބާގައިމެނުވީ ހެވެއްނެތެވެ."
ދެން ނިކަންބުނެބަލާށެވެ! ތިބާ ތިއަ ހުރީ ހެޔޮކަމެއް ލިބިގެންވާ މީހުންގެ ތެރޭގައި ހެއްޔެވެ؟ އެބައެއްގެ ކިބައިގައި ހެޔޮކަމެއް އޮތް ބައެއްގެ ތެރޭގައި ހެއްޔެވެ؟ ހަމަގައިމުވެސް ލިބިގެން ތިއައުޅޭ ޙައްޤުތައް ކަމަށް ތިބާ ތިއަބުނާ ޙައްޤުތަކަކަށް ޤިޔާމަތްދުވަހު ތިބާއަށް ކޮށްދެވޭނެ އެއްވެސް ކަމެއް ނުއޮންނާނެއެވެ. އެހެނަސް އަބޫޛައްރު ދެއްވާފައިވާ ނަޞީޙަތުގެ ބަސްފުޅުގައި ހިފަހައްޓައިފިނަ ޤިޔާމަތް ދުވަހުން ތިބާއަށް ރަހްމަތް ލައްވަވާނެތެވެ. އިން ޝާ ﷲ
- އިސްލާމީ ތިލަފަތުގެ ދަރުސަކުން