ހަމައެކަނި ރަމަޟާންމަހުގެ މުސްލިމަކަށް ނުވާން މިހާރުންސުރެ މަސައްކަތްފަށާށެވެ!: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 16ސ
ހަމައެކަނި ރަމަޟާންމަހުގެ މުސްލިމަކަށް ނުވާން މިހާރުންސުރެ މަސައްކަތްފަށާށެވެ!: މުފްތީ މެންކް

އަހަރެއް ފާއިތުވެ އަނެއްކާވެސް ބަރަކާތްތެރި ރަމަޟާން މަސް އަހަރެމެންނާއި ބައްދަލުކުރަނީއެވެ. ރަމަމާން މަސް އައުމާއިއެކު މީސްތަކުން ޙަރާމް ކަންތައްތައް ކުރުމާއި ދުރުހެލިވެއެވެ. ރަމަޟާން މަހުގެ ބަރަކާތް ހޯދަން މަސައްކަތް ފަށައެވެ.

އަހުރެން މިކުރާ ސުވާލަކީ ރަމަޟާން މަހުގައިވެސް ކުރުން ޙަރާމް ކުރައްވަވާފައިވާ ކަންކަން އެހެން މަސްތަކުގައި ކުރުން ހުއްދަކުރީ ކާކުހެއްޔެވެ؟ މީސްތަކުންނަށް ހެޔޮކޮށްހިތައި ނަމާދުކޮށް އަދި ރޭއަޅުކަންކުރުމާއި ޤުރްއާން ކިޔެވުން ފަދަ ކަންކަން އެހެން މަސްތަކުގައި ނުކުރަން ބުނީ ކާކުހެއްޔެވެ؟ 

އަހުރެންގެ ސުވާލަކީ މިދިއަ އަހަރުގެ ރަމަމާން މަހުގައި ތަޤްވާވެރިވީފަދައިން ރަމަމާން މަހަށްފަހު މިހައިތަނަށް ދެމިތިބެވުނީ ކިތައް މީހުންނަށް ހެއްޔެވެ؟ ﷲ ތަޢާލާ އަހުރެމެންނަށް އަންގަވާފައިވަނީ ހަމައެކަނި ރަމަޟާން މަހު މުސްލިމުންގެ ގޮތުގައި އުޅެން ހެއްޔެވެ؟ ހަމައެކަނި ރަމަޟާން މަހު މުސްލިމުންގެ ގޮތުގައި އުޅޭނަމަ އެމީހަކު ވާނީ ރަމަޟާން މަހުގެ މުސްލިމަކަށެވެ. ދެންހުރި މަސްތަކުގައި ކާފިރުން ކުރާ ކަންކަން ކުރުމަށާއި ކާފިރުން އުޅޭ ގޮތަށް އުޅެން ހުއްދަދިނީ ކާކުހެއްޔެވެ؟ 

ވީމާ އިތުރަށް ވިސްނައިލާށެވެ. މިހާރުން ފެށިގެން ޢަމަލުތައް އަވަހަށް އިޞްލާޙްކުރާށެވެ. ރަމަޟާންމަހަށް މަރުޙަބާކިޔަން ތައްޔާރުވުމުގެ މަސައްކަތްތައް ފަށާށެވެ. އަދި މިއަހަރުގެ ރަމަމާން މަހަށްފަހުގައި ބަދަލުނުވެ ޘާބިތުކަންމަތީގައި ދެމިހުންނަން ޢަޒުމްކަނޑައަޅާށެވެ. ﷲ ތަޢާލާގެ ޙަޟްރަތުން ވާގިއެދިގެން މަސައްކަތްކުރުމުން ހިތްވަރު ދެއްވަވާނެތެވެ. އިން ޝާ ﷲ 

- މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން