ގިނަ ބައަކަށް ހިތާމައާ ހިތްދަތިކަން ލިބި ބޮޑު މާޔޫސްކަމެއްގަ އުޅެންޖެހިފައިވަނީ ދުނިޔެއިން އެއްވެސް މީހަކަށް ޙާޞިލްނުކުރެވޭނެ ކަންތައްތަކަކަށް އެދެވޭތީ!: ދުނިއާ ޝުޢައިބް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ގިނަ ބައަކަށް ހިތާމައާ ހިތްދަތިކަން ލިބި ބޮޑު މާޔޫސްކަމެއްގަ އުޅެންޖެހިފައިވަނީ ދުނިޔެއިން އެއްވެސް މީހަކަށް ޙާޞިލްނުކުރެވޭނެ ކަންތައްތަކަކަށް އެދެވޭތީ!: ދުނިއާ ޝުޢައިބް

ގިނަ ބައަކަށް ހިތާމައާ ހިތްދަތިކަން ލިބި ބޮޑު މާޔޫސްކަމެއްގެ ތެރޭގައި އުޅެންޖެހިފައިވަނީ ދުނިޔެއިން އެއްވެސް މީހަކަށް ޙާޞިލްނުކުރެވޭނެ ކަންތައްތަކަކަށް އެދެވޭތީއެވެ. މިޘާލަކަށް ބުނާނަމަ އެދޭ ހުރިހާ ކަންކަން ތިމާ އެދޭ ގޮތަށް ޙާޞިލްވާންޖެހޭނެ ކަމަށް ޤަބޫލުކުރެވޭތީއެވެ. 

އަހަރެމެން އެއްވެސް މީހަކަށް އެކަމެއް ނުވާނެއެވެ. އެކަން ޙާޞިލެއް ނުވާނެއެވެ. އެދޭ ހުރިހާ ކަމެއް ޙާޞިލެއް ނުކުރެވޭނެއެވެ. އެދޭ ގޮތަށްވެސް ޙާޞިލެއް ނުކުރެވޭނެއެވެ. އެހެނީ ދުނިޔެއަކީ އިމްތިޙާނެކެވެ. ދުނިޔޭގައި ހޭދަކުރަންޖެހޭ ކޮންމެ ދުވަހަކީވެސް އިމްތިޙާނުގެ ދުވަހެކެވެ. ކުރިމަތިލާންޖެހޭ ކޮންމެ ކަމަކީވެސް އިމްތިޙާނެކެވެ. 

އެއީ އެކަން ﷲ ތަޢާލާ ލައްވަވާފައިވާ ގޮތެވެ. އެގޮތް ބަދަލުކުރުމަކީ އެއްވެސް މީހަކަށް ކުރެވޭނެ ކަމެއް ނޫނެވެ. ތިމާ ރުހުނަސް ނުރުހުނަސް ކަންކަން ހިނގަމުންދާނީ ﷲ ތަޢާލާ އިރާދަކުރައްވަވާ ގޮތަކަށެވެ. އެކަމަސް ނުރުހޭ މީހާއަށް އަބަދުވެސް ހުންނަން ޖެހޭނީ ހިތާމަތަކާއި ހިތްދަތިކަމުގައެވެ. އުފަލުގައި ހުރެވޭނެ ހަމައެކަނި ގޮތަކީ އިރާދަކުރައްވަވާ ގޮތަކީ އެންމެ ރަނގަޅު ގޮތްކަމަށް ޤަބޫލުކުރުމެވެ. 

އަހަރެމެން ބޮޑަށް ބޭނުންވާނެ ކަންކަމުން ދަތިތައް ކުރިމަތިކުރައްވަވައި އިމްތިޙާން ކުރައްވަވާނެ ކަމަށް ޤުރްއާނުގައި އެބައޮތެވެ. އެއާއި ވިއްދައިގެން އުފާވެރިކަމުގެ ޚަބަރުވެސް ވަނީ ދެއްވަވައިފައެވެ. ނަމަވެސް އެއީ ކެތްތެރިންނަށެވެ. ވީމާ އަހަރެމެން ބޭނުންވާ ގޮތަސް ކަމެއް މެދުވެރިވާއިރަށް ހިތްދަތިވެގެން އުޅުމެއް ނެތެވެ. ކެތްތެރިވެލަންވީއެވެ. އެއިރުން އުފާވެރިކަން މިންވަރުކުރައްވަވާނެތެވެ. އިން ޝާ ﷲ 

- ދުންޔާ ޝުޢައިބް

މިއަދު އޮންލައިން