ޙައްޖާ ޢުމުރާވެވެނީ ބޮޑު ޚަރަދެއްކޮށް އަދި ބުރަމަސައްކަތުންނެވެ! ބުނެވޭ ބަހަކުން ކުރެވުނު ހެޔޮ ޢަމަލު ނަގާނުލާށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ޙައްޖާ ޢުމުރާވެވެނީ ބޮޑު ޚަރަދެއްކޮށް އަދި ބުރަމަސައްކަތުންނެވެ! ބުނެވޭ ބަހަކުން ކުރެވުނު ހެޔޮ ޢަމަލު ނަގާނުލާށެވެ!

ބައެއް މީހުން ފަޚުރުވެރިވެލާފައި އެބަ ބުނެއެވެ. "ތިމާ މިތައް ފަހަރު ޙައްޖު ވެއްޖައީމެވެ. މިތަށް ފަހަރު ޢުމްރާ ވެއްޖައީމެވެ." އެ ފަދަ ޢަމަލުތައްކުރަން އެހެން މީހުންނަށް ހިތްވަރު ދިނުމުގެ ބޭނުމުގައި ފިޔަވައި ތިމާއަށް އެކަންކަން ކުރެވުނުކަން އިޢުލާނުކުރުމުގެ ނިޔަތުގައި އެފަދަ ވާހަކަތައް ނުދައްކާށެވެ!

އެހެނީ ކުރާ ކޮންމެ ހެޔޮ ޢަމަލެއްވެސް ހެޔޮ ޢަމަލަކަށްވެގެންދަނީ އެ ޢަމަލެއް ﷲ ތަޢާލާ ޤަބޫލުފުޅުކުރެއްވެވުމުންނެވެ. ކުރި އެންމެ ހެޔޮ ޢަމަލެއްވެސް ﷲ ތަޢާލާ ޤަބޫލުފުޅުކުރެއްވެވިކަން އެނގެނީ ކާކަށް ހެއްޔެވެ؟ ވީއިރު ކުރެވުނު ޢަމަލާއިމެދު ފަޚުރުވެރިވެވޭނީ ކިހިނަކުން ހެއްޔެވެ؟

ވީމާ އެފަދަ ބަސްތައް ބުނާއިރު މިކަންކަމަށް ވިސްނަންވާނެއެވެ. ކިބުރުވެރިވެ ބޮޑާވެވުމުން އެ ޢަމަލު ގެއްލިގެން ހިނގައިދާނެކަމަށް ބިރުވެތިވާށެވެ!

ތިބާވީ ކޮންމެ ތަނެއްގައި ކޮންމެ ވަގުތަކުވެސް ﷲ އަށް ބިރުވެތިވާށެވެ! ފާފައެއް ކުރެވިއްޖެ ނަމަ ވިއްދައިގެން އަވަހަށް ހެޔޮ ޢަމަލެއްކޮށް ހެޔޮކަމުގެ ކޮޅަށް ބުރަކުރާށެވެ! ކުރެވުނު ފާފަ ފުއްސަވައި ދެއްވެވުމަށް އެދޭށެވެ.

ކިތަންމެ ބޮޑު ހެޔޮ ޢަމަލެއް ކުރެވުނ ނަމަވެސް ބޮޑާވެ ފަޚުރުވެރިނުވާށެވެ! ބޮޑާވެ ފަޚުރުވާ ކިބުރުވެރިންދެކެ ﷲ ރުހިވޮޑިގެނެއް ނުވެއެވެ. ކިބުރުވެރިކަމުގެ ސަބަބުން ކުޅް ހެޔޮ ޢަމަލު ގެއްލިގެން ހިނގައިދާނެއެވެ!

އެއްވެސް ހެޔޮ އަމަލެއް ކުރެވެނީ އެމީހާގެ މޮޅުކަމަކުންނޫނެވެ. ކޮންމެ ހެޔޮ ޢަމަލެއް ކުރެވެނީވެސް އެކަމަށް ﷲ ތަޢާލާ އިރާދަކުރެއްވެވުމުންނެވެ. ވީމާ ކުރެވޭ ހެޔޮ އަމަލުތަކާއިމެދު ފަޚުރުވެ އެކަމުގެ ވާހަކަ ދެއްކުމެއް ނެތެވެ.

--އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން