ސުވާލު: އަޅުގަނޑުއަޑު އަހާފައިވާ ގޮތުގައި މެންދަމުގެ ތިންބައިކޮށްފައި ފަހުބައިގައިދުނިޔޭގެ އުޑަށް ﷲ ފައިބާވަޑައިގަންނަވާ އަޅުތަކުންގެ ދުޢާއަޑުއައްސަވައެވެ. އެހެންވެ އަޅުގަނޑު ދަމު ނަމާދުކޮށް ވިތުވިކުރަނީމެންދަމުން 4 ޖަހާއިރު ހޭލައިގެންނެވެ. ސަބަބަކީ އެހާއިރު ހޭލާފައި ފަތިސްނަމާދުކުރަން ހޭލާވެސް ހުރެވޭނެތީއެވެ. ނަމަވެސް އިހަކަށް ދުވަހަކުދިޓީވީއިން ގެނެސްދިން ޕްރޮގްރާމެއްގައި ޢިލްމްވެރިއަކު ވިދާޅުވީ ﷲ ދުނިޔޭގެއުޑަށް ފައިބާވަޑައިގަންނަވާނީ މެންދަމު 2ކާއި 4ކާއި ދެމެދުކަމަށެވެ. އެހެންވީމާ އަޅުގަނޑު ނަމާދުކޮށް ދުޢާމިކުރެވެނީ ﷲ ދުނިޔޭގެ އުޑަށްފައިބާވަޑައިގަންނަވާ ގަޑީގަކަމާއިމެދު ޝައްކު އުފެދިއްޖެއެވެ. މިކަމުގެރަގަޅުގޮތް އަންގަވާދެއްވުން އެދެމެވެ؟"
ޖަވާބު:
الحمد لله، والصلاة والسلام على رسول الله صلى الله عليه وسلم، وبعد:
ދަމުނަމާދު ކުރަން އެންމެ ރަގަޅީ ރޭގަޑު ގެ ފަހު ތިންބަޔަށް އެޅުމުންނެވެ. ރަސޫލް -ޞައްލަﷲ އަލައިހި ވަސައްލަމް- ގެ ޙަދީޘް އެއްގެ މާނާގައިވެ އެވެ. "ރޭގަނޑުގެ ފަހު ތިންބަޔަށް އެޅުމުން މާތް ﷲ ދުނިޔޭގެ އުޑަށްފައިބައިވަޑައިގަންނަވައެވެ. އަދި ދަންނަވައެވެ.ތިމަން ﷲ އަށް ދުޢާ ކުރަނީ ކާކުތޯއެވެ؟ އެމީހެއްގެ ދުޢާ އިޖާބަ ކޮށްދެއްވާ ހުށީމެވެ. ތިމަން ﷲ އަށް ކަމަކަށް އެދި ދަންނަވަނީ ކާކުތޯއެވެ؟ އެމީހަކަށް އެކަމެއް ދެއްވާހުށީމެވެ. ފާފަފުއްސަވައިދެއްވުން އެދި ދަންނަވަނީ ކާކުތޯއެވެ؟ އެމީހެއްގެ ފާފަ ފުއްސަވާދެއްވާ ހުށީމެވެ". މިގޮތުގައި ފަޖުރުލުމާއި ހަމަ އަށް މާތް ﷲ ވޮޑިގެންވެ އެވެ.
އަދިވެސް އެހެން ޙަދީޘް އެއްގައިވެ އެވެ. "ރޭގަނޑުގައި ވަގުތެެއްވެ އެވެ. އެވަގުތެއްގައި ދުނިޔެ އާއި އާޚިރަތުގެ ހެވަށް އެދި މުސްލިމަކު ދުޢާކޮށްފިނަމަ މާތް ﷲ އެދުޢާ އެއް އިޖާބަ ކޮށްދެއްވާނެއެވެ. މިވަގުތުކޮޅު ކޮންމެ ރެއެއްގައިވެސްވެ އެވެ.
އަދިވެސް ރިވާވެގެންވެ އެވެ. "ﷲ އާއި އަޅާ އެންމެބޮޑަށް ކުއްތަންވެވޭނީ ރޭގަނޑުގެ އެންމެފަހު ދަމަށް އެޅުމުންނެވެ. އެގަޑީގައި މާތް ﷲ ޛިކުރު ކުރުމުގެ ކުޅަދާނަކަން ލިބިގެންވާމީހާ އެކަންކުރާހުށިކަމެވެ.والله أعلم.
ޖަވާބު ދެއްވީ: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް