ހިތާމައާ ހިތްދަތިކަން ކުރިމަތިވުމުން ޝައިޠޯނާ ދޭ އެންމެ ނުރައްކާތެރިކަންބޮޑު ޙަމަލާ-

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 46ސ
ހިތާމައާ ހިތްދަތިކަން ކުރިމަތިވުމުން ޝައިޠޯނާ ދޭ އެންމެ ނުރައްކާތެރިކަންބޮޑު ޙަމަލާ-

އަހަރެމެންނަށް ޝައިޠޯނާ ނުފެނުނު ނަމަވެސް ޝައިޠޯނާއަށް އަހަރެމެން ފެނެއެވެ. އަހަރެމެންނަށް މެދުވެރިވާ ކަންކަމާއި ޙާލަތުވެސް އެނގެއެވެ. ހިތުގައި އުފެދޭ އިޙްމޞާބްތަކާއި ޖަޒުބާތުތައްވެސް ޝައިޠޯނާއަށް އެނގެއެވެ. 

އެހެންވެ މީހަކު ކަމަކާއި ކަންބޮޑުވެގެން އުޅުނަސް، ހިތާމައެއް ކުރިމަތިވެގެން އުޅުނަސް އެކަންކަންވެސް ޝައިޠޯނާއަށް އެނގޭނެއެވެ. އެކަންކަން އެނގުމުގެ ބާރު ﷲ ތަޢާލާ ވަނީ ޝައިޠޯނާއަށް ދެއްވަވައިފައެވެ. އަހަރެމެންގެ ލޭގެތެރޭގައި ދައުރުކުރުމުގެ ބާރު ދެއްވަވާފައިވާތީއެވެ. 

ވީމާ އެއްވެސް މީހަކަށް ހިތާމެއް ކުރިމަތިވެ ހިތްދަތިކަމުގައި އުޅޭނަމަ ޝައިޠޯނާއަށް އެނގުމުން ފުރަތަމަވެސް އައިސް ވަސްވާސްދޭނީ އެމީހާ އެންމެ ބޮޑަށް މާޔޫސްވާނެ ގޮތަށެވެ. ބުނާނެއެވެ.: 

"ތިއަ ގޮތަށް ކަލޭ ﷲ ތަޢާލާއަށް ކިޔަމަންތެރިކަމުގައި ހުރެގެން ތިއަ ހިތްދަތި ކަމަކުން އަރައެއް ނުގަނެވޭނެއެވެ. ﷲ ތަޢާލާ ވަނީ ކަލޭދެކެ ނުރުހުންވެވޮޑިގެންފައެވެ. އެހެންވެ ކަލޭވަނީ ދޫކޮށްލައްވަވައިފައެވެ. ކަލެއަށް ހިތްހަމަޖެހުމެއް ނުދެއްވަވާނެތެވެ. ވީމާ ދެންވެސް މިވެނި އެވެނި ގޮތަކަށް އުލެބަލާށެވެ. އެކަންކަމުން ހިތްހަމަޖެހުން ލިބިދާނެއެވެ. 

ދެން އެއީ ފާފަތަކެއް ނަމަވެސް ތައުބާވީމާ ފާފަތައް ފުއްސަވައިދެއްވަވާނެތެވެ. ހިތްހަމަޖެހުން ލިބެން ފެށުމުން ﷲ ތަޢާލާގެ މަގަށް އެނބުރޭނީއެވެ. އަޅުކަންކުރެވޭނީވެސް ހިތްހަމަޖެހުން ލިބިގެން ނޫންހެއްޔެވެ؟" 

މިމޭރުމުން ބުނެފައި ވަސްވާސްދޭނީ ހުރިހާ ނުބައިކަންކަން ކުރުމަށެވެ. ފާފަތައް ކުރުމަށެވެ. ކުރަންވީ ފާފަތައްވެސް ބުނެދޭނެއެވެ. ބުނާނީ ފާފަތަކުގެ ގޮތުގައެއް ނޫނެވެ. އެކަންކަން ކުރުމުން ހިތްހަމަޖެހުން ލިބޭނެ ކަންކަމުގެ ގޮތުގައެވެ. 

މިއީ ހިތާމައާއި ހިތްދަތިކަން ކުރިމަތިވުމުން ޝައިޠޯނާ ދޭ އެންމެ ނުރައްކާތެރިކަންބޮޑު ޙަމަލާއެވެ. އެކަމަށް ހޭލުންތެރި ނުވެވިއްޖެނަމަ އެމީހަކު ދާނީ ދެދުނިޔެއިން ގެއްލި ބާކީވެ ނިކަމެތިވެގެންނެވެ. ވެއްޓޭނީ އަރައިގަންނަން އުނދަގޫ ފުންވަޅުގަނޑަކަށެވެ.

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޝައިޠޯނާ އެދޭ ވަސްވާސްތަކަކީ ކަނޑައެޅިގެން ދޮގު ވަސްވާސްތަކެކެވެ. ހިތާމަ އާއި ހިތްދަތިކަން ލިބެނީ ﷲ ތަޢާލާ އެމީހަކު ދޫކޮށްލައްވަވާފައިވާތީއެއް ނޫނެވެ. އަދި އެމީހަކަށް ﷲ ތަޢާލާ ރުހިވޮޑިގެންނުވާތީއެވެ. "ހިތާމަތަކާ ކަންބޮޑުވާންޖެހުމަކީ" ކޮންމެ އިންސާނެއްގެ ކިބައިގައިވެސް ލައްވަވާފައިވާ ކަންކަމެވެ. އެކަންކަން ކުރިމަތިވަމުންދާނީ އެކި ދުވަސްވަރު އެކިމިންވަރަށެވެ. 

- ދުނިއާ ޝުޢައިބު

މިއަދު އޮންލައިން