ސޯސަންމަގު ކުރީގެ އަގޯރާ- ރެޑްވޭވް ފިހާރައަކަށް ބަދަލުކޮށް ހެޔޮ އަގުގަ ޚިދުމަތްދޭން ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 39ސ
ސޯސަންމަގު ކުރީގެ އަގޯރާ- ރެޑްވޭވް ފިހާރައަކަށް ބަދަލުކޮށް ހެޔޮ އަގުގަ ޚިދުމަތްދޭން ފަށައިފި

ސޯސަންމަގުގައި ކުރީގެ އަގޯރާ ފިހާރަ ހުރި ޢިމާރާތް ރެޑްވޭވްގެ ފިހާރައަކަށް ބަދަލުކޮށް ހެޔޮ އަގުގަ ޚިދުމަތްދޭ ފަށައިއެވެ. ފިހާރަ ހުޅުވައިދެއްވީ ރެޑްވޭވް ގްރޫޕް ހިންގާ ކުންފުނީގެ 2 ޑިރެކްޓަރުންނެވެ. 

ފިހާރަ ހުޅުވިއިރުވެސް ރެޑްވޭވްގެ އެހެން ފިހާރަތކުން ލިބެންހުރި ގިނަ ބާވަތްތަކުގެ މުދައު ވަނީ ހެޔޮ އަގުތަކުގައި ވިއްކަން ފަށައިފިއެވެ. އަދި އިއްޔެއިން ފެށިގެން ރެޑްވޭވް ފިހާރަތަކުން ވަނީ ރަމަޟާން ސޭލް ފަށައި ކޫޕަންވެސް ދޫކުރަން ފަށައިފައެވެ. ބޮޑެތި އިނާމުތައް މިއަހަރުވެސް ލިބިގެންދާނެ މިޕްރަމޯޝަންގެ އިތުރު މަޢުލޫމާތު ހާމަކުރަން ހަމަޖެހިފައިވަނީ މާދަމާއެވެ. 

އަގޯރާ މަޖީދީ މަގުގއި ހިންގި ޢިމާރާތުގައި ހުޅުވާ ރެޑްވޭވް ފިހާރަ މިފެށޭ ފެބްރުވަރީ މަހު 15 ހައިތަނުގައި ހުޅުވުމަށް ގެންދަނީ މަސައްކަތްކުރަމުންނެވެ.

މިއަދު އޮންލައިން