ޔަޤީންކަމާއެކު ވެވޭތީ ޢުމުރާވެލައިގެން ތިބުން މުހިންމު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 13ސ
ޔަޤީންކަމާއެކު ވެވޭތީ ޢުމުރާވެލައިގެން ތިބުން މުހިންމު!

ބައެއް މީހުންނަށް ހީކުރެވެނީ ޢުމުރާ ވެވޭނީ ޙައްޖުވުމަށްފަހުގައި ކަމަށެވެ. ނަމަވެސް އެއީ ކުށްހީއެކެވެ.

ރާއްޖޭގައި ވެސް ކޮންމެ ކަމަކަށްވެސް ބްލެކްމާކެޓް އުފެދެމުން އައިސް ޙައްޖަށް ދިއުމުގެ އަގު މިހާރު 120،000 ރުފިޔާ އާއި 150،000 ރުފިޔާ އާއި ދެމެދަށް އަރާފައިވާކަމަށް ދަނީ މަޢްލޫމާތު ލިބެމުންނެވެ. ސަރުކާރުން އުފެއްދި ޙައްޖު ކޯޕޮރޭޝަނަށް ބޮޑެތި ގެއްލުންތަކެއްވެ ސަލާމަތް ނުވެވިދާނެ ޙާލަތުގައި އޮތް އިރު ކުރިއަށް އޮތް އެތައް އަހަރަށް ރައްޔިތުންގެ އަތުން ވަނީ ފައިސާ ނަގައިފައެވެ.

އެހެންކަމުން ކުރިއަށް އޮތް ތަނުގައި ޙައްޖުވުމަށް ދަތިތަކެއް ހުންނާނެ ކަމަށް ޤަބޫލުކޮށް ޔަޤީންކަމާއިއެކު ކުރެވޭތީ ޢުމުރާވެސް ވެލައިގެން ތިބުން ބުއްދިވެރިވެސްމެއެވެ.

ހައްޖަނުކޮށް އުމުރާ ވެވިދާނެތޯ؟ މިކަން ދީނުގައި އޮންނަ ގޮތަކީ ކޮބާއިތޯއެވެ؟

ޖަވާބު:

الحمدلله، والصلاةوالسلامعلىرسولاللهصلىاللهعليهوسلم، وبعد:

ޙައްޖު ނުކޮށްވެސް ޢުމްރާ ކުރެވިދާނެއެވެ. އެހެންނަމަވެސް އެންމެ ރަގަޅުގޮތަކީ ޙައްޖު މޫސުމަކާއި ދިމާކޮށް ޢުމްރާކުރުމެވެ. އޭރުން ޙައްޖާއި ޢުމްރާ އާއި ދެއަޅުކަން ވެސް އަދާ ކުރުމުގެ ފުރުޞަތު ބޮޑުވާނެއެވެ.

- ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް

މިއަދު އޮންލައިން